މަސައްކަތް
ނަންބަރު: (IUL)450-CA/450/2024/39
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 19:37
ސުންގަޑި: 06 ނޮވެންބަރު 2024 14:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ހިންގުމަށް އޮފީސް ޖާގައެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން

އިޢުލާން

މި އޮތޯރިޓީގެ އޮފީސް ހިންގުމަށްޓަކައި، 4000 އަކަފޫޓަށްވުރެ ކުޑަ ނޫން ޖާގައެއް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މި މުއްދަތު ހަމަވުމަށްފަހު، ކުލީގެ އެއްބަސްވުމުގައި ހިމެނޭ ދެފަރާތުން ބޭނުންވާނަމަ، މި މުއްދަތު އިތުރުކުރެވިދާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިޢު ކުރެވިފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު އަރުވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

  • މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2024 ނޮވެންބަރު 5 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހެޅުން

  • ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޚާއި ގަޑި: 2024 ނޮވެންބަރު 6 ވަނަ ދުވަހުގެ 14:30 އަށް.
  • ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (2 ވަނަ ފަންގިފިލާ، ހ. މައިޒާންދޮށުގެ، ސޯސަން މަގު، މާލެ).
  • ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
24 އޮކްޓޫބަރު 2024