މަސައްކަތް
ނަންބަރު: (IUL)438-WMPC/438/2024/458
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 04 ނޮވެންބަރު 2024 13:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
"މަގޭ ސާފު ރާއްޖެ – ޤައުމީ މަހާސިންތާ- 2025" ބޭއްވުމުގެ މަސައްކަތް ރާވާ، ތައްޔާރުކޮށް ހިންގަދޭނެ އިވެންޓް މެނޭޖްމެންޓް ފާރމް އެއް ހޯދުމަށް.

 

(IUL)438-WMPC/438/2024/458:އިޢުލާން ނަންބަރު

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

"މަގޭ ސާފު ރާއްޖެ – ޤައުމީ މަހާސިންތާ- 2025" ބޭއްވުމުގެ މަސައްކަތް ރާވާ، ތައްޔާރުކޮށް ހިންގަދޭނެ އިވެންޓް މެނޭޖްމެންޓް ފާރމް އެއް ހޯދުމަށް.

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.އީ. ސީ. ޕީ) ދަށުން "މަގޭ ސާފު ރާއްޖެ – ޤައުމީ މަހާސިންތާ- 2025" ބޭއްވުމުގެ މަސައްކަތް ރާވާ، ތައްޔާރުކޮށް ހިންގަދޭނެ އިވެންޓް މެނޭޖްމެންޓް ފާރމް އެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތައް ޝަރުތުހަމަވާ އެންމެހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން ބީލަން ފޮތުގައިއާއި ޓާރްމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ. އަދި މި މަސައްކަތުގެ ބީލަން ފޮތާއި، ޓާރމްސް އޮފް ރެފަރެންސް އިޢުލާނާއި އެކު ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެއެވެ.

މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ(ނޮން ކޮންސަލްޓެންސީ) އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDAކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ރެޖިސްޓްރީ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން ނޮވެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. މި ބީލަމުގައި ރެޖިސްޓްރީވެވޭނީ އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ރެޖިސްޓަރ ވާން އެދިލައްވާ ފަރާތުގެ ނަން އަދި ގުޅޭނެ ނަންބަރު އިނގޭނެހެން މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް އެޑްރޭހަށް އީމެއިލް ކުރައްވައިގެންނެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން

މި މަސައްކަތާއި ގުޅޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 31  އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އެވެ.

ބިޑު ސެކިއުރިޓީ ނުވަތަ ބިޑް ސެކިއޯރިންގ ޑިކްލަރޭޝަން ފޯރމް ހުށަހެޅުން

ބިޑް ސެކިއުރިޓީ ހުށަހަޅާނަމަ މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި (10,000) (ދިހަ ހާސް) ދިވެހި ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން (118) ދުވަހެވެ.

އަދި ބިޑް ސެކއުރިޓީގެ ބަދަލުގައި ބިޑް ސެކިއުރިންގް ޑިކްލަރޭޝަން ހުށަހަޅާނަމަ، ޓެންޑަރ ޑޮކިއުމަންޓްގެ ސެކްޝަން 2: ބިޑިން ފޯރމްސްގައި ހިމެނޭ "Form of Bid-Securing Declaration" ފޯރމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

 ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު،ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 4 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައި ދަންނަވާފައިވާ އެޑްރޭހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 4 ނޮވެމްބަރ 2024ވާ ހޯމަ ދުވަހުގެ 13:00ގެ ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 31  އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 00:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް[email protected]

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

Do not Open Before 4th November 2024 at 1300hrs – “Event Management Firm for “The Magey Saafu Raajje” - National Waste and Resource Management Conference 2025". (IUL)438-WMPC/438/2024/458

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ވޭސްޓް ޓްރާންސްފަރ ބިލްޑިނގް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ނަންބަރު: +960 3018451

ވެބްސައިޓް: www.environment.gov.mv

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

                   24 އޮކްޓޯބަރ 2024

24 އޮކްޓޫބަރު 2024