މަސައްކަތް
ނަންބަރު: (IUL)30 /30/2024/159
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 05 ނޮވެންބަރު 2024 11:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު -މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އަދި މި މިނިސްޓްރީގެ ދަށުން ހުޅުމާލޭގައި ހިންގަމުންދާ ފެޑް ސެންޓަރ، ފޮޅާ ސާފުކުރުމުގެ މަސައްކަތް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އަދި ފެޑް ސެންޓަރ (ހުޅުމާލެ) ފޮޅާ ސާފުކުރުމުގެ މަސައްކަތް އެއްއަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް / މާލެ
  • މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް / މާލެ
  • ފެޑް ސެންޓަރ / ހުޅުމާލެ

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 05 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339251,3339205އަދި 3339234 ނަންބަރު ފޯނަށެވެ.

24 އޮކްޓޫބަރު 2024