މަޤާމު: މެނޭޖަރ އެޑްމިނިސްޓްރޭޝަން
|
މުސާރަ
|
މަހަކު -/10500 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/3500
|
މަޤާމުގެ ރޭންކް
|
EX4
|
ބޭނުންވާ ޢަދަދު
|
01
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
|
މަޤާމުގެ ޝަރުތު:
|
މަގާމުގެ މަސްޢޫލިއްޔަތު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3(ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5(ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކުންފުނީގެ އިދާރީ މަސައްކަތްތައް ރާވައި، ހިންގުމުގެ އއިންތިޒާމްކޮށް، ބެހެއްޓުން؛
- ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކޯޕަރޭޝަންގެ ކަންކަން ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްތައް ކުރުން؛
- ކުންފުނީގެ އޮޕަރޭޝަންސާއި ލޮޖިސްޓިކް މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމްތައް ކޮށް، ސްޕަވައިޒްކުރުން؛
- ކުންފުނީގެ އެއްގަމު ދަތުރުފަތުރަށް ބޭނުންވާނެ އިންތިޒާމްތައް ހަމަޖެއްސުމާއި ވެހިކަލްތައް ބޭނުންކުރުމާއި ބެލެހެއްޓުން؛
- ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި ޢިމާރާތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމާއި ސާފުތާހިރުކަންމަތީ ބޭއްވުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި މޮނިޓަރކުރުން؛
- ކުންފުނީގެ އިންފްރާންސްޓްރަކްޗަރއާއި މިލްކުގައިވާ އެހެން ތަކެއްޗާއި ވަޞީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި އެކަން މޮނިޓަރކުރުން؛
- ކުންފުނީގެ އިންފްރާންސްޓްރަކްޗަރ ވިޔަފާރި އުޞޫލުން ބޭނުންކޮށްގެން ޢާމްދަނީ ހޯދުމަށް އެހީތެރިވުން؛
- ކުންފުނީގެ ބޭނުންވާ ތަކެތި ހޯދުމާއި އިންވެންޓްރީ ބެލެހެއްޓުމާއި ސްޓޮކަށް ބޭނުންވާ ތަކެތި ދެނެގަނެ، ހޯދުމާއި ސްޓޮކް ބެލެހެއްޓުން؛
- ކުންފުނީގެ މެއިންޓެނަންސް އާއި ސެކިޔުރިޓީ ބަލެހެއްޓޭނެ އިންތިޒާމްތައް ކޮށް، ސްޕަވައިޒްކުރުން؛
- އެކި ބޭނުންތަކަށް އަންނަ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުމާއި ކޯޕަރޭޝަންގެ ފްރޮންޓް އޮފީސް ރާވައި، ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި ސްޕަވައިޒްކުރުން؛
|
|
- ކޯޕަރޭޝަންގެ ހުރިހާ ޑިޕާޓްމަންޓްތަކަށް އަންނަ މެއިލްތަކާއި ފެކްސްތަކާއި އެނޫން ވަޞީލަތްތައްތަކާއި ގޮތްތަކަށް އަންނަ ލިޔުންތައް ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ރައްދުކުރެވޭނެ އުޞޫލުތަކާއި އިންތިޒާމްތައް ހަމަޖައްސައި، މޮނިޓަރކުރުން؛
- ކުންފުނީގެ އެކި ފެންވަރުގައި ބާއްވާ ބައްދަލުވުންތަކާއި މުވައްޒަފުންގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި ވެރިންނާއި މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ މާޙައުލު ޤާއިމްކޮށްދިނުމާއި އެފަދަ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ އެހީތެރިކަން ލިބިދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން؛
- މުވައްޒަފުންގެ ދަތުރުތަކާބެހޭ ކަންކަން ކުރިޔަށް ގެންދާނެ ގޮތް ރެވުމާއި އިންތިޒާމްކުރުން؛
- މުވައްޒަފުންގެ ރިކްރިއޭޝަންގެ ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން؛
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު
|
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ޙާޞިލްކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖްރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
- ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.
|
ސުންގަޑި
|
މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 1 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|