ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2024/186
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 03 އޮކްޓޫބަރު 2024 00:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމް.އެން.ޑީ.އެފް އިން 2024 ނޮވެންބަރު 03 އިން 2024 ނޮވެންބަރު 07 ވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް އާރޓް ގެލެރީގައި "ނަސްރުގެ ދުވަހުގެ މައުރަޒު" ގެ ނަމުގައި ފޮޓޯ މައުރަޒެއް ބޭއްވުމާ ގުޅޭ

                              އިޢުލާން

މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން 2024 ނޮވެންބަރު 03 އިން 2024 ނޮވެންބަރު 07 ވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް އާރޓް ގެލެރީގައި "ނަސްރުގެ ދުވަހުގެ މައުރަޒު" ގެ ނަމުގައި ފޮޓޯ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޮޓޯ މައުރަޒަކީ 1988 ނޮވެންބަރު 03 ވަނަ ދުވަހުގެ ހާދިސާ ހިނގާދިޔަގޮތް ވަރަށް ރަނގަޅަށް ޢާންމުންނަށް ދައްކުވައިދިނުމަށް ފަރުމާކުރެވިގެން އަދި އެ ދުވަހު ކަންކަން ހިނގާދިޔަގޮތް ސިފަވާގޮތަށް ކޮންސެޕްޓް އެކުލެވިގެން ބޭއްވޭ މައުރަޒެކެވެ.

އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކަށް މި މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އަދި ޚާއްޞަކޮށް ކިޔަވާކުދިންނަށް މި މަޢުލޫމާތުތަކަކީ ވަރަށް މުހިއްމު މަޢުލޫމާތު ތަކަކަށްވާނޭތީ، ޔުނިވަރސިޓީ، ކޮލެޖް ސްކޫލްތަކުގެ ދަރިވަރުންނަށާއި ޢާންމުންނަށް މި ފޮޓޯ މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް، މެންދުރު ފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ކަމުގައި ދަންނަވަމެވެ.

 

24 އޮކްޓޫބަރު 2024