މަސައްކަތް
ނަންބަރު: (IUL)SH-FAH-A/ 2024/44
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 28 އޮކްޓޫބަރު 2024 13:00
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓާރސް ލައުންޖުގެ ފާޚާނާ މަރާމާތުކުރުން

ށ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓާރސް ލައުންޖުގެ ފާޚާނާ މަރާމާތުކުރުމަށް ކޯޓޭޝަން ހުށައެޅުމުގެ ދައުވަތު:

ށ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓާރސް ލައުންޖުގެ ފާޚާނާ އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.

މިމަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް މިއިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، 28 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 13:00ގެ ކުރިން ރަސްމީ ގަޑީގައި 6540219 ނަންބަރާއި ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ހަމައެދުވަހުގެ (28 އޮކްޓޯބަރ 2024) 13:00 އަށް މިހޮސްޕިޓަލަށް ހާޟިރުވެ ކޯޓޭޝަން ހުށައެޅުންވުން އެދެމެވެ.

 

24 އޮކްޓޫބަރު 2024