ނީލަން
ނަންބަރު: (IUL)HDFC/INDIV/2024/1
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 14 ނޮވެންބަރު 2024 13:30
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
"ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ)" އެވެ ކިޔާ ޢިމާރާތާއި ގޯތި ވިއްކުމާބެހޭ

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ.

މާލެ، ދިވެހިރާއްޖެ.

ނަންބަރު: (IUL)HDFC/INDIV/2024/1

އިޢުލާން 

"ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ)" އެވެ ކިޔާ ޢިމާރާތާއި ގޯތި ވިއްކުމާބެހޭ  

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. އިން އަލްފާޟިލާ ޚަދީޖާ ޢަބްދުއްސައްތާރު، މއ. ޗަންޕާމާގެ، މާލެ އަދި އަލްފާޟިލް ޖަމީލު އުޘްމާން، ދަފްތަރު.ނަންބަރު 3290، މާލެ އަށް ދޫކޮށްފައިވާ ލޯނަށް ރަހުނު ކޮށްފައިވާ "ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ)" އެވެ ކިޔާ ޢިމާރާތާއި ގޯތި ވިއްކުމާ ބެހޭ

ގޯތީގެ ތަފްސީލު:

ބާވަތް: އަމިއްލަ  

ނަން: ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ)

ރަޖިސްޓްރީ ނަންބަރު: GA 677 H

ގޯތީގެ އޭރިޔާ: 1951 އަކަފޫޓު

ވެރިފަރާތް: އަލްފާޟިލާ ޚަދީޖާ ޢަބްދުއްސައްތާރު، މއ. ޗަންޕާމާގެ، މާލެ އަދި އަލްފާޟިލް ޖަމީލް އުޘްމާން، ދަފްތަރު.ނަންބަރު 3290، މާލެ

ރަޙުނު ވިއްކާލުމުގެ ހުއްދަ: ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު: 126/Cv-CHD/2022 ގެ ދަށުން 30 ސެޕްޓެންބަރު 2024 ގައި ދެއްވާފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ

ނީލަމުގެ ތަފްސީލް:

ހުށަހެޅޭނެ އެންމެ ދަށް އަގު: 25,700,000.00ރ. (ފަންސަވީސް މިލިޔަން ހަތްލައްކަ ރުފިޔާ)

މުއްދަތު ހަމަވާ ތާރީޚް: 14 ނޮވެމްބަރު 2024 ގެ މެންދުރުފަހު 13:30

ސިޓީ ހުޅުވުން އޮންނަ ތަން: ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ހ. މިއަލަނި 04 ވަނަ ފަންގިފިލާ

ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ) ބައްލަވައި ގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތަކާއެކު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި، އަގު ސާފުކޮށް ބަޔާންކުރައްވައި، މިކުންފުންޏަށް، ހ. މިއަލަނި، 4 ވަނަ ފަންގިފިލާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ) އެވެ ކިޔާ ޢިމާރާތާއި ގޯތި ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަމިއްލަ ފަރުދުން:

  • އަގު ބަޔާންކޮށްފައިވާ ސިޓީ، ގުޅޭނެ ފޯނު ނަންބަރައެކު
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ކުންފުންޏެއްނަމަ:

  • މި ނީލަމާ ގުޅިގެން މިކުންފުންޏާ މުޢާމަލާތް ކުރައްވާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއެކު ހުށަހަޅުއްވާ އަގު ބަޔާންކޮށްފައިވާ ސިޓީއެއް
  • ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
  • މި ނީލަމާ ގުޅިގެން މި ކުންފުންޏާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަނުކުރައްވާފައިވާ ކުންފުނީގެ ޤަރާރު
  • ކުންފުނީގެ މެމޮރެންޑަމް އަދި އާޓިކަލް އޮފް އެސޯސިއޭޝަން

ސިޓީތައް ހުޅުވުން އޮންނާނީ ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ސިޓީ ހުށައަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.

ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިކުންފުނީގެ ވެބްސައިޓް (www.hdfc.com.mv) ގައި އިއުލާންކުރެވި، މިކުންފުނީގެ ނޯޓިސް ބޯރޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ ވިދިވިދިގެން 03 (ތިނެއް) ދުވަހު (ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި) އެއް އަގެއްގައި އޮތުމުންނެވެ. އެފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން އަންގާ ތާރީޙުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެފަރާތަކުން ހުށަހެޅި އަގަށްވާ ފައިސާ މިކުންފުންޏަށް ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލް ކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާތިލްކޮށް، އަލުން ފެށުމުގެ ޙައްޤު މިކުންފުންޏަށް ލިބިގެންވެއެވެ.

ވަކިފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް މިކުންފުނިން އެންގުމުގެ ކުރިން ނީލަން ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވާކަމުގައި ދެންނެވީމެވެ. އަދި މީގެ އިތުރުން ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ) ގަތުމަށް ވަކި ފަރާތަކުން ފައިސާ ދެއްކުމުގެ ކުރިން ޢިމާރާތުގެ ވެރިފަރާތުން މިކުންފުނިން ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހި ނުދެއްކެވިވާ ފައިސާ ދައްކަން ބޭނުންވެލައްވާނަމަ، އެފަރާތަށް އިސްކަންދެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ރިކަވަރީ ޑިޕަރޓްމަންޓާއި (ފޯނު ނަންބަރު: 3334666 އަދި 3000112، އީމެއިލް: [email protected]) ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ބަޔާން ކުރެވިފައިވާ ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ) " ކ. ހުޅުމާލެ ގަތުމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ މިކުންފުނީގެ ބޯޑް ޑައިރެކްޓަރަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ އެއްވެސް ބޭފުޅަކަށް (މަންމަ ނުވަތަ ބައްޕަ، ދަރިން، އެއްބަނޑު ނުވަތަ އެއްބަފާ ބޭފުޅުން އަދި ފިރިމީހާ ނުވަތަ އަނބިމީހާ) ބައިވެރިއެއް ނުވެވޭނެއެވެ.

                    24 އޮކްޓޫބަރު 2024 

24 އޮކްޓޫބަރު 2024