ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2024/77
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 05 ނޮވެންބަރު 2024 00:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ވައިކަރަދޫ ރަށްވެއްސަކަށްވުމުގެ ފުރުސަތު ހުޅުވާލުމާ ގުޅޭ

ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލުގެ 17ވަނަ މާއްދާގެ (ނ) އަދި ހދ.ވައިކަރަދޫއިން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދޭނެގޮތުގެ މިންގަނޑުގެ 4ވަނަ ނަންބަރު (ރަށްވެހިކަމުގެ ބައި) އާއި ގުޅޭގޮތުން ދަންނަވަމެވެ، ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ، ހދ.ވައިކަރަދޫގައި ރަށްވެހިވެފައިނުވާ ފަރާތްތަކުން ވައިކަރަދޫ ރަށްވެއްސަކަށް ވުމުގެ ފުރުސަތު، 05 ނޮވެންބަރު 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ.

މި މުއްދަތުގެ ތެރޭގައި ވައިކަރަދޫ ރަށްވެހިންގެ ރަޖިސްޓްރީގައި ޖެއްސުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ވައިކަރަދޫ ރަށްވެއްސަކަށް ވުމަށް އެދޭ ފޯމް" ފުރާ މި އިދާރާއަށް ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް ކައުންސިލް އިދާރާއިންނާއި މިއިދާރާގެ ވެބްސައިޓްއިން ލިބެންހުންނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

މިމުއްދަތަށްފަހު ވައިކަރަދޫއިން ދިރުއުޅުމަށްޓަކައި ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އިޢުލާން ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެކަމުގައި މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2024