މުބާރާތް
ނަންބަރު: (IUL)409/409/2024/80
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 30 އޮކްޓޫބަރު 2024 14:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރާވެރިޔާ ވޮލީ މުބާރާތް 2024 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭގޮތުން

             މިކައުންސިލުން އިސްނަގައިގެން ގއ، ގދ، ސ އަދި ޏ އަތޮޅަށް ހުޅުވާލައިގެން ބާއްވާ "ރާވެރިޔާ ވޮލީ މުބާރާތް 2024" ގައި ބައިވެރިވުމަށް އެދި އަދިވެސް ރަށްރަށުން ޝައުޤުވެރިކަން ފާޅުކުރަމުންދާތީ، މިމުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން 30 އޮކްޓޯބަރ 2024 ވަނަ ދުވަހަށް މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ އެންމެހާ ރަށްތަކުގެ މައޫލޫމާތައްޓަކައި ދަންނަވަމެވެ.

         ވީމާ، މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ޓީމްތަކުން 30 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގެ ހިންޤާ ޤަވާއިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް އަދި ޓީމް ލިސްޓް ހުށަހަޅާ ފޯމް ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކައުންސިލް އިދާރާއިން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އަދި މިމުއްދަތުގެ ފަހުން ދެން އެއްވެސް ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ދެވެން ނެތް ވާހަކަވެސް އެންމެހާ ރަށްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

       މިމުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ ކައުންސިލްގެ މެމްބަރ ޒިޔާދު މުޙައްމަދު  (ފޯން: 9114482) އާއި ގުޅުއްވުން އެދެމެވެ.

        މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2024