ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަންބަރު: H/IUL/2024/213
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނީގެ ބޭނުމަށް އއ.ތޮއްޑޫގައި 660 ކިއުބިކް މީޓަރ ސައިޒުގެ ވޯޓަރ ޓޭންކް ފައުންޑޭޝަނެއް އެޅުމާއި ވޯޓަރ ޓޭންކެއް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މިފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތްތަކަށެވެ.
|
ދުވަސް |
ވަގުތު |
ފައިސާ ބަލައިގަތުމަށް |
2024 އޮކްޓޯބަރ 27 އިން 2024 ނޮވެމްބަރ 12 އަށް |
09:00 އިން 15:00 އަށް |
ޑޮކިޔުމަންޓް ދޫކުރުމަށް |
2024 އޮކްޓޯބަރ 27 އިން 2024 ނޮވެމްބަރ 12 އަށް |
09:00 އިން 15:00 އަށް |
މަޢުލޫމާތު ދިނުން |
2024 ނޮވެމްބަރ 13 (ބުދަ) |
11:30 ގައި |
އަގު ހުށަހެޅުން |
2024 ނޮވެމްބަރ 19 (އަންގާރަ) |
10:30 ގައި |
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000/-ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.
21 ރަބީޢުލްޢާޙިރު 1446
24 އޮކްޓޯބަރ 2024
ނޯޓް:
- ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338123 / 3338124 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.