ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)320-ADHR/320/2015/36
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 16:27
ސުންގަޑި: 07 ޖުލައި 2015 11:30
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕީ.އީ. ޔުނިފޯމު ގެނެސްދޭނެ ފަރާތެއް ހޯދުން

ޕީ.އީ.ޔުނީފޯމު ގެނެސްދޭނެ ފަރާތެއް ހޯދުން

2016 ވަނަ އަހަރުގެ ކިޔެވުން ފެށޭއިރަށް އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލުގެ ޕީ.އީ. ޔުނީފޯމު ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ތާރީޚަށް އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

29 ޖޫން 2015 (ހޯމަ) ދުވަހުގެ 11:30 އަށް

07 ޖުލައި 2015 (އަންގާރަ) ދުވަހުގެ 11:30 އަށް

އަދި،ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ.               

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                                

05 ރަމަޟާން 1436

22 ޖޫން 2015