ވަޒީފާގެ ފުރުޞަތު
ނަންބަރު: DHAH/2015/15
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 06 ޖުލައި 2015 14:00
ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ދ. ރިނބުދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

އެޓެންޑެންޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS.2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް: ނުކުންނަ ދުވަހަކަށް -/100 ރުފިޔާ

ޑިވިޜަން/ ސެކްޝަން

ނާރސިންގ ޑިޕާޓްމަންޓް

ވަޒިފާ އަދާކުރަންޖެހޭ ތަން

ދ. ރިނބުދޫ ޞިއްޙީ މަރުކަޒު / ދ. ރިނބުދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. މަރުކަޒުގެ އިމާރާތާއި، ފަރުނީޗަރާއި، ހިފާގެންގުޅޭ ތަކެއްޗާއި، އިކްއިޕްމަންޓްސް ފަރުވާތެރިކަމާއެކު ވީހާވެސް ސާފުތާހިރުކަމާއެކު ބެލެހެއްޓުން.

2. ބަލިމީހުންނަށް ޚިދުމަތްދިނުމުގައި ނަރުހުން އެދިއްޖެނަމަ އެހީތެރިވެދިނުން.

3. މަރުކަޒުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތައިލުން (އިންސިނަރޭޓް ކުރުން)

4. ހަފުތާއަކު ދެދުވަހު ކުޑަދޮރުތައް ފޮޅައި ސާފުކޮށް، އެހެން ދޮރުތައް ހަފުތާއަކު އެއްފަހަރު ދޮވެސާފުކުރުމާއި، މަރުކަޒުގެ ތަޅުންގަނޑު، މަދުވެގެން ދުވާލަކު އެއްފަހަރު، ޑިޓޯލް ބޭނުންކޮށްގެން ސާފުކުރުން.

5. ބެޑްޝީޓްފަދަ ތަކެތިލާ ކަބަޑުތަކާއި، ޓްރޯލީއާއި، އެނދުފަދަ ތަކެތި ދޮވެ ސާފުކުރުން.

6. ޑިއުޓީގައި، ހަޑިވާ ބެޑްޝީޓް ފަދަ ތަކެތި، ޑިއުޓީ ނިމުމުގެ ކުރިން ސާފުކޮށްދޮވެ އިސްތިރިކޮށްފައި ބެހެއްޓުން.

7. އޮޓޯކުލޭވް ކުރުމާބެހޭ މަސައްކަތުގައްޔާއި، މަރުކަޒުގައި ނަރުހުން ކުރާ ކޮންމެ މަސައްކަތެއްގައިވެސް އެދިއްޖެނަމަ އެހީތެރިވެދިނުން.

4. މީގެ އިތުރުން، މަރުކަޒުގެ ވެރިންނާއި އިސްމުވައްޒަފުން އަންގާ ރަސްމީ މަސައްކަތް ކުރުން.

ތަޢުލީމާއި ތަޖުރިބާ

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2.  މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

ޢިނާޔަތްތައް

ސިވިލް ސަރިވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ދ. ރިނބުދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ. މީގެ ތެރޭގައި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 ޖުލައި 6 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ދ. ރިނބުދޫ ޞިއްޙީ މަރުކަޒަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

12 ޖުލައި 2015 އާއި 12 އޯގަސްޓް 2015 އާ ދެމެދު ދ. ރިނބުދޫ ޞިއްޙީ މަރުކަޒުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 7904260 ނަންބަރު ފޯނަށް ނުވަތަ 6760087 ނަންބަރު ފޯނަށެެވެ.

8  ރަމަޟާން  1436 

25 ޖޫން 2015