ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2024/211
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:23
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމުގެ ބޭނުންތަކަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައެޅުމާއި ގުޅޭ

"ދިރިއުޅުމުގެ ބޭނުންތަކަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދު" (4 ވަނަ އިސްލާޙް) ޤަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކިއެކި ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލިވަނީ ކަނޑައަޅާފައެވެ. 16 އޮކްޓޯބަރ 2024 ވީ ބުދަ ދުވަހު ބޭއްވުނު މިކައުންސިލްގެ 4 ވަނަ ދައުރުގެ 43 ވަނަ އާންމު ބައްދަލުވުމުން އެކިއެކި ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލިވަނީ ފާސްކޮށްފައެވެ.

ވީމާ، މި އިއުލާނާއި އެއްކަރުދާސްކޮށްފައިވާ ތާވަލާއި އެއްގޮތަށް ބިން ދޫކުރެވޭނެ އެންމެ ކުޑަކުލި ކަނޑައެޅުމަށް ދަންނަވަމެވެ.

23 އޮކްޓޫބަރު 2024