ކުއްޔަށް ދިނުން
ނަންބަރު: (IUL)13-J1/13/2015/191
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 16:11
ސުންގަޑި: 05 ޖުލައި 2015 11:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފިހާރަ ކުއްޔަށް ދިނުމަށް

ފިހާރަ ކުއްޔަށް ދިނުމަށް

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ފިހާރަތައް:

ފ. އަތޮޅު ފިހާރައިގެ ދެކުނުފެންޑާއާއި ދެކުނުފެންޑާގެ މަތީބައި

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

ފިހާރަ ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.

ފޯމު ވިއްކުން:

ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑް ފޯމު ވިއްކާނީ 2015 ޖޫން 28 އިން 2015 ޖުލައި 2 އަށް، (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ފޯމެއްގެ އަގަކީ -/10ރ (ދިހަރުފިޔާ) އެވެ.

ފޯމު ވިއްކާ ގަޑި:

ހެނދުނު 10:30 އިން މެންދުރު ފަހުގެ 13:30އަށް

ބިޑް ހުށަހަޅަންޖެހޭ ތަން:

 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ސްޓޭޓް ޕްރޮޕަރޓީ މެނޭޖްމަންޓް ޑިވިޜަނަށް

ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑިތައް:

ފިހާރަ

ތާރީޚު

ގަޑި

ފ. އަތޮޅު ފިހާރައިގެ ދެކުނުފެންޑާއާއި ދެކުނުފެންޑާގެ މަތީބައި

5 ޖުލައި 2015 (އާދީއްތަ)

11:00

ބިޑް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ބިޑް ސިކިއުރިޓީގެ ގޮތުގައި -/50,000ރ (ފަންސާސްހާސް ރުފިޔާ) ގެ ބޭންކް ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. މި ބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 45 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ. އަދި ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކެއް ޤަބޫލެއް ނުކުރެވޭނެއެވެ.
  • ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ.
  • ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ.
  • ވަކި ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވިޔަފާރިއެއް ކުރާނަމަ އެކަން އެނގޭނެ ލިޔުން. (ވިޔަފާރި ހުއްދަ)
  • ބިޑް ފޯމު ހުށަހަޅާއިރު، ފޯމުގައި ސޮއިކޮށް ކުންފުންޏެއްނަމަ ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި ފޯމު ހުށަހެޅުން

އިތުރު މަޢުލޫމާތު:

  • ފިހާރަ ކުއްޔަށް ހިފާ ފަރާތުން، އެފިހާރަ ކުއްޔަށް ދިނުމަށް އެގްރީމެންޓް ކުރެވޭއިރު ޑިޕޮޒިޓްގެ ގޮތުގައި މި މިނިސްޓްރީއަށް ޗެކުން ފައިސާ ދައްކާނަމަ ދައްކަންވާނީ އެފަރާތެއްގެ އަމިއްލަ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. އަދި ފިހާރަ ކުއްޔަށް ހިފަނީ ކުންފުންޏަކުންނަމަ އެކުންފުންޏެއްގެ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. މި ޗެކު ވާންވާނީ ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކަކަށެވެ.
  • ކުލި ހުށަހަޅަންވާނީ ތަނުގެ މިހާރު ކުރަންވެފައިވާ މަރާމާތުތަކަށާއި ތަންހުރި ފެންވަރަށް ބަލާފައެވެ.
21 ޖޫން 2015