ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ED/248/2024/103
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:38
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

ޤާނޫނު ނަންބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 08 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހބ) ގެ ދަށުން ބިދޭސީންގެ މައުލޫމާތު އެއްކޮށް ކައުންސިލުން ދަފްތަރެއް ބަލަހައްޓަން ލާޒިމްކުރެއެވެ.

އެހެންކަމުން، މިރަށުގައި ދިރިއުޅޭ ބިދޭސީންނާއިބެހޭ މައުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން ރަށުގައި އުޅޭ ބިދޭސީންގެ މައުލޫމާތު ހޯދުމަށް ބިދޭސީން މަސައްކަތްކުރާ ސައިޓުތަކަށާއި، އަދި ބިދޭސީން ދިރިއުޅޭ ގެތަކަށް ކައުންސިލުން ޒިޔާރަތްކޮށް މައުލޫމާތު ނަގަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. އެހެންކަމުން ކައުންސިލްގެ ފަރާތުން މައުލޫމާތު ނެގުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދެއްވުމަށް ދެންނެވީމެވެ.   

 މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

‏                                20‏ ރަބީޢުލްއާޚިރު‏ 1446

23 އޮކްޓޫބަރު 2024