ދިވެހިރާއްޖެ
22 ސެޕްޓެމްބަރ 2024 ގައި ކުރި މި އިދާރާގެ އިޢުލާން ނަންބަރު: (IUL)383-MS&IM/383/2024/146 އާއި ގުޅިގެން ބީލަންކަރުދާސް ހުށައަޅާފައިވާ 17 ފަރާތުގެ ތެރެއިން 8 ބީލަމެއް ހުށައަޅާފައިވަނީ އެއް ފަރާތުންކަމުގައިވާތީ އެއީ މާލިއްޔަތު ގަވާއިދުގައި ކަށަވަރުކުރުމަށް ބުނެފައިވާ ބީލަމުގެ ސިއްރު ހިފެހެއްޓުމާއި ބީލަންވެރީންގެ ވާދަވެރިކަން ގެއްލުމަށް އޮތް ފުރުސަތަކަށް ވާތީ އެ އިޢުލާން ބާތިލްކޮށް އެ ބިންތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފީމެވެ.
މި އިޢުލާނާގުޅޭ ބީލަން ކަރުދާސް 2024 އޮކްޓޫބަރު 27 ވާ އާދިއްތަ ދުވަހުގެ 09:00 ން ފެށިގެން 2024 ނޮވެމްބަރ 05 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމައަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ކަރުދާހާއި ބީލަން ފޯމްގެ އަގަކީ -/50 (ފަންސާސް ރުފިޔާ) އެވެ.
މި އިޢުލާނާ ގުޅިގެން ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2024 ނޮވެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަންގަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.
ބީލަން ކަރުދާސް ނަންގަވަން އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ޤާނޫނީ ޝަހުސެއްނަމަ ރަޖިސްޓްރީ ނުވަތަ ރަޖިސްޓްރީގެ ކޮޕީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ. ހުށަހަޅާ ބީލަން ފޯމްތައް އިވެލުއޭޓް ކުރެވޭނީ ކޮންމެ ބިމެއް ވަކިންނެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިމަށްއެދި ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.