ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120-C/1/2024/47
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 29 އޮކްޓޫބަރު 2024 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2024 އަހަރު ގެ މަތީ ސާނަވީ އިމްތިޙާނުގެ މާކިންގ މަސައްކަތަށް ކްލެރިކަލް މުވައްޒަފުން ހޯދުން

އިޢުލާން 

 މި ޑިޕާޓްމަންޓްގެ ނަންބަރ: ((IUL)120-C/1/2024/45 އިޢުލާނަށް އެކަށީގެންވާ ޢަދަދަށް ކްލެރިކަލް މުވައްޒަފުން ލިބިފައިނުވާތީ  މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުގެ މަސައްކަތް ކުރުމަށް ކްލެރިކަލް މުވައްޒަފުން ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

ބޭނުންވާ އަދަދު:

މަޤާމް

ދިވެހި

އިސްލާމް

މަސައްކަތްކުރަންޖެހޭ މުއްދަތު

ކްލެރިކަލް މުވައްޒަފު

03

03

26 އޮކްޓޫބަރު 2024 އިން 28 ނޮވެންބަރު 2024 އަށް  

 

 

    ނޯޓު: މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ކޮންމެދުވަހަކު  14:00 އިން 18:00 އަށް

ޝަރުޠު:

 1. މާކިންގެ އިދާރީ މަސައްކަތް ކުރުމަށް އެއްބަސްވާ އަހަރުގެ އިމްތިޙާނުގައި ތިމާ ނުވަތަ ތިމާގެ ދަރި ބައިވެރި ވެފައިނުވުން

 2. ސާނަވީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން. ނުވަތަ މާކިންގެ އިދާރީ މަސައްކަތުގައި މަދުވެގެން 1 އަހަރު   ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 3. މި މަސައްކަތަށް މީހުން ނެގުމުގައި 40 އަހަރުން ދަށުގެ މީހުންނަށް އިސްކަން ދެވޭނެ އެވެ.

މަސްޢޫލިއްޔަތު:

 2024 ވަނަ އަހަރު ގެ މަތީ ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި ޗީފް އެގްޒޭމިނަރުގެ ލަފަޔާ އިރުޝާދުގެ ދަށުން   އިދާރީ އެންމެހާ މަސައްކަތް ކުރުން

އުޖޫރަ:

  1. ކުލެރިކަލް މުވައްޒަފުން މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/60 ރ(ފަސްދޮޅަސް ރުފިޔާ)

 ކުލެރިކަލް މުވައްޒަފުން މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ   އެލަވަންސްގެ ގޮތުގައި 1,000.00 (އެއްހާސް) ރުފިޔާ އެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. މާކިންގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު
  2. ވަނަވަރު (ސީ.ވީ)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމި ސެޓްފިކެޓްތައް އެޓެސްޓް ކޮށްފައިވާ
  5. މާކިންގ އިދާރީ މަސައްކަތުގައި މަސައްކަތްކޮށްފައިވާ ލިޔުން

ސުންގަޑި:

 2024 އޮކްޓޯބަރ 29 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން

އެދެންވީ ގޮތް:

  • މަތީ ސާނަވީ ގެ މާކިންގ މަސައްކަތަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅާނީ (ފޯމާއިއެކު ހުށަހަޅާ ހުރިހާ ލިޔުންތަކެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު) ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަން/ ހ.އަސްރަފީވިލާގެ (02 ވަނަ) ފަންފިލާއަށެވެ. ފޯމާއި ލިޔުންތައް އީމެއިލް ([email protected])  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. 
  • މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އެސް.އެސް.ސީ/އެޗް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތަށް މީހުންނެގުމުގެ އުސޫލު މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ގުޅުއްވުން އެދެމެވެ.
23 އޮކްޓޫބަރު 2024