މަސައްކަތް
ނަންބަރު: (IUL) 14-PR/1/2024/99
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 30 އޮކްޓޫބަރު 2024 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ބިލްޑިންގ ގައި ބޭނުންކުރަމުންދާ 2 ލިފްޓް ސަރވިސް ކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން

       މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ކަސްޓަމްސް ބިލްޑިންގ ގައި ބޭނުންކުރަމުންދާ 2 ލިފްޓް ސަރވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

       ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 04 ނޮވެމްބަރު 2024 ވާ ހޯމަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށް އެކަންޏެވެ.

       ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ ([email protected]) އީމެއިލް އަށް 30 އޮކްޓޫބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334172 ފޯނަށް ގުޅުއްވުން އެދެމެވެ

23 އޮކްޓޫބަރު 2024