ދިވެހިރާއްޖެ
ސަރކިއުލަރ
މައުޟޫޢު: މީރާކަނެކްޓް ސްޓޭޓްމަންޓް ޕޯޓަލް
ޓެކްސް ރޫލިންގ ނަންބަރު TR-2015/G23 (ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް) އާއި ސަރކިއުލަރ ނަންބަރު 220-TP/CIR/2015/6 (އިންޕުޓް ޓެކްސް ސްޓޭޓްމަންޓާއި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް އިޞްލާޙުކުރުން) އާ އެއްގޮތްވާގޮތުގެ މަތިން، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަހަރަކު ލިބޭ ޖުމުލަ އާމްދަނީއަކީ 50 މިލިއަން ރުފިޔާ ނުވަތަ އެ އަށްވުރެ އިތުރު އަދަދެއްނަމަ، 1 އެޕްރީލް 2015 އިން ފެށިގެން ޖީ.އެސް.ޓީ ބަޔާނާއެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭނެއެވެ.
ޓެކްސް ރޫލިންގ ނަންބަރު TR-2015/G23 ގެ ޕެރެގްރާފް 13 (ހ) ގެ ދަށުން، މަތީގައި ބަޔާންކޮށްފައިވާ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އިންޕުޓް ޓެކްސް ސްޓޭޓްމަންޓާއި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް މިހާރު ހުށަހަޅަންޖެހޭނީ 'މީރާކަނެކްޓް ސްޓޭޓްމަންޓް ޕޯޓަލް' މެދުވެރިކޮށެވެ.
ޓެކްސް ދައްކާ ފަރާތުން ޕޯޓަލްއަށް ލޮގިންކުރަން ބޭނުންވާ ޔޫސަރ ނަމާއި ޕާސްވޯޑް މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.