ބީލަން
ނަންބަރު: (IUL) GS-130/22/2024/20
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 03 ނޮވެންބަރު 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މި ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ކުރި ފުރަތަމަ ޢިއުލާނަށް ((IUL) GS-130/22/2024/17) 1 ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރި ނަމަވެސް ބީލަން ހުށަހަޅާފައި ނުވާތީވެ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 24 އޮކްޓޯބަރ 2024 ން 31 އޮކްޓޯބަރ 2024 ގެ ނިޔަލަށް ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ސްކޫލް އޮފީހަށް ހުށަހަޅަން ވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 31 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމަކުން ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  03 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގައިމިސޫލްގައެވެ.
  6. މިބީލަމާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  7. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހިތާދޫ ސްކޫލް

ބ. ހިތާދޫ، ދިވެހިރާއްޖެ 

ފޯން ނަންބަރު: 6600314

އީ-މެއިލް: [email protected]

23 އޮކްޓޫބަރު 2024