ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 493-MR/493/2024/138
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 30 އޮކްޓޫބަރު 2024 14:00
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތާއި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކުރުން

            ގާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ 10 (ދިހަ) މެންބަރެއްގެ މުއްދަތު ހަމަވާތީ އެކައުންސިލަށް 10 (ދިހަ) މެންބަރުން އިންތިޚާބު ކުރުމަށްޓަކައި މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމަށް މިމިނިސްޓްރީން ކުރިން ކޮށްފައިވާ ނަންބަރ : 130 (IUL) 493-A/493/2024/ ( 16 ސެޕްޓެންބަރު  2024) އިއުލާނަށް ހަވާލާދީ ދަންނަވަމެވެ.

            މި އިންތިޚާބަށް ކުރިމަތިލުމަށް ދިން މުއްދަތު އިތުރުކޮށްދިނުމަށް މީޑިއާ ތަކުން އެދެމުންދާތީ އެމުއްދަތު، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، 2024 އޮކްޓޯބަރު 23 - 29 އަށް އިތުރު ކޮށްފީމެވެ. މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބާގައި ހުންނަންޖެހޭ ޝަރުތުތަކާއި އެނޫންވެސް މައުލޫމާތު މިކަމާބެހޭގޮތުން ކުރިން މިމިނިސްޓްރީން ކޮށްފައިވާ ނަންބަރ : 130 (IUL) 493-A/493/2024/ (16 ސެޕްޓެންބަރު 2024) އިއުލާނުގައި ހިމެނިފައިވާނެއެވެ. މި އިއުލާނާ ގުޅިގެން މެންބަރުކަމަށް ކުރިމަތިލުމަށް އެދި ފޯމާއި ލިޔުންތައް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން މެންބަރުކަމަށް އެދި ހުށަހަޅާކަށް ނުޖެހޭނެއެވެ.

            ވީމާ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ވާދަކުރަން އެދޭ ފަރާތްތަކުން ފުރަންޖެހޭ ފޯމު ފުރުއްވައި އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 2024 އޮކްޓޯބަރު 23، 24، 27، 28، އަދި 29، މި ދުވަސްތަކުގެ ހެނދުނު 9:00 ން މެންދުރު 14:00 އަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސް ރިސެޕްޝަނަށް (ސޯޝަލް ސެންޓަރގެ ގްރައުންޑް ފްލޯ) ހުށަހެޅުއްވުން އެދެމެވެ. އަދި، މިމިނިސްޓްރީގެ އީމެއިލް: [email protected] މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ. ހުށަހަޅާ ހުރިހާ ލިޔުންތައްވެސް ހުންނަންޖެހޭނީ ޕީޑީއެފް ފޯމެޓަށެވެ. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" އަދި ކުށުގެ ރިކޯޑް ފޯމު މި އިއުލާނާއެކުގައި ވާނެއެވެ. އިތުރު މައުލޫމާތު ބޭނުންނަމަ ނަންބަރު 4000419 ފޯނަށް ގުޅުއްވުން އެދެމެވެ.

            މިއާއެކު މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލުމުގެ ގޮތުން  މިމިނިސްޓްރީން ކުރިން ކޮށްފައިވާ އިއުލާން ނަންބަރު: (IUL) 493/493/2024/136  (17އޮކްޓޯބަރު 2024) ގައި، ވޯޓުލުމަށް ރަޖިސްޓްރީވުމަށް ދީފައިވާ މުއްދަތުވެސް 2024 އޮކްޓޯބަރު 30 ވަނަދުވަހުގެ 14:00 އަށް އިތުރުކޮށްފީމެވެ.

23 އޮކްޓޫބަރު 2024