ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PJ/301/2024/63
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:37
ސުންގަޑި: 31 އޮކްޓޫބަރު 2024 13:15
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅިފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްގެ ދާއިމީ ލިސްޓާއިއެކު

                    މި އިދާރާގެ ނަންބަރު (IUL)301-PJ/301/2023/46 (22 އޮގަސްޓު 2023) އިޢުލާނަށް އިޖާބަދީ މިރަށުން  ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމްތައް  އެވަލުއޭޓް ކުރުމަށްފަހު  މި އިދާރާގެ ނަންބަރު  (IUL)301-PJ/301/2024/19 (29 ފެބުރުވަރީ 2024) ވަނަ އިޢުލާނުން އިޢުލާންކުރި ވަގުތީ ލިސްޓްގެ ދާއިމީ ލިސްޓް މި އިޢުލާނާއެކު އާއްމުކުރީމެވެ. އަދި ގުރުއަތަށް ދިޔަ ފަރާތްތަކުގެ މެދުގައި ގޯތި ލިބޭ ފަރާތެއް ކަނޑައެޅުމަށް ނެގޭ ގުރުއަތުލުން އޮންނާނީ 2024  އޮކްޓޫބަރު 31 ވާ ބުރާސްފަތި  ދުވަހުގެ 13:15 ގައި ކައުންސިލްގެ މާނާބާރުނަ މާލަމްގައެވެ. ގުރުއަތު ނެގުމާއިބެހޭ ތަފްޞީލް ގުރުއަތަށްދިޔަ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ. ގުރުއަތު ނެގުމަށް ގުރުއަތަށްދިޔަ ފަރާތަށް ހާޟިރުނުވެވޭނަމަ ބަދަލުގައި ފޮނުވާ ފަރާތަކީ ބަދަލުގައި އައި ފަރާތެއްކަން އިނގޭނެ ލިޔުމެއް ގުރުއަތަށް ދިޔަ ފަރާތުގެ އައިޑީކާޑު ކޮޕީއާއިއެކު ގެންނަންވާނެއެވެ. އަދި ހާޟިރުވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި ދަންނަވަމެވެ. ގުރުއަތަށްދިޔަ ފަރާތުގެ ބަދަލުގައި އެއްވެސް ފަރާތެއް ކަނޑައެޅިފައިވާ ވަގުތުގައި ހާޟިރުނުވާނަމަ ކައުންސިލުން ކަނޑައަޅާފައިވާ ފަރާތެއްލައްވާ އެބޭފުޅެއްގެ ގުރުއަތު ނެގޭނެއެވެ. ޖާގަ އޮތްމިންވަރަކުން ގުރުއަތު ނެގުމަށް ކަނޑައެޅިފައިވާ ތަނަށް އާއްމުންނަށް ވަނުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

                   ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

23 އޮކްޓޫބަރު 2024