ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-RBC/23/2015/18
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:26
ސުންގަޑި: 03 އޮގަސްޓް 2015 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މެޑިކަލް ރެޖިސްޓްރޭޝަން އިމްތިޙާނާ ބެހޭ

މެޑިކަލް ރެޖިސްޓްރޭޝަން އިމްތިޙާނާ ބެހޭ

މި މިނިސްޓްރީގެ ނަންބަރު IUL)23-RBC/23/2015/2) (ތާރީޚު:26 މާރިޗު 2015) ގެ އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. މޯލްޑިވުސް މެޑިކަލް ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ މެޑިކަލް ލައިސެންސިންގ އިމްތިޙާން 10 އޮގަސްޓް 2015 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އަންގައި އިޢުލާން ކުރަމެވެ. މި އިމްތިޙާނުގައި ބައިވެރިވުމަށް ފޯމު ހުށަހަޅާނީ 23 ޖޫން 2015 ން 03 އޮގަސްޓު 2015 ގެ ނިޔަލަށެވެ. މި އިމްތިޙާނުގައި ބައިވެރިވާން އެދޭ ފޯމާއި މި އިމްތިޙާނުގައި އަންނާނެ ބައިތަކާބެހޭ މަޢުލޫމާތު މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ވެބްސައިޓް www.mmc.gov.mv އިން އެނގެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

06 ރަމަޟާން 1436

23 ޖޫން 2015