ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-IMS/417/2024/172
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 19:27
ސުންގަޑި: 04 ނޮވެންބަރު 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގައި ހުޅަނގު ފަރާތުން ހަދަމުންދާ މަގުގައި ހުރި ރުއްގަހާއިގުޅޭ

ގދ. ހޯނޑެއްދޫގައި ހުޅަނގު ފަރާތުން ވަށައިގެން ހަދަމުންދާ (ހައުސިންގ ޔުނިޓް ސަރަހައްދުން ކޯރާނޑޭކޮޑާ ސަރަހައްދަށް) މަގުގައި 1 އިން 136 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، އެސަރަޙައްދުތަކުގައި ހުރި ރުއްތަކުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެތިގަންނަ ވަކަރުލާމޮޅުރުއް، ފޯދުނު ރަނގަޅުރުއް، ފޯދުނު އާދައިގެރުއް، ފޯދުނު ދެރަރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެރުއް، ނުފޯދޭ ކުޑަރުއް) އާއި ހިރުނދު ގަސް (ވަށަމިން ސެންޓިމީޓަރުން ބަޔާންކޮށް) އެގޭނެގޮތަށް 2024 ނޮވެންބަރ 4 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެސަރަޙައްދުތަކުގެ ޗާޓެއް މިއިޢުލާނާއިއެކު ޢާންމު ކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.       

22 އޮކްޓޫބަރު 2024