ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-D/142/2015/1
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:25
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންނަށް މުދަލު ޒަކާތާއި ފިޠުރު ޒަކާތް ބެހުމަށް ނަން ނޯޓުކޮށް ލިސްޓު އެކުލަވައިލުމުގައި ބަލާ މިންގަނޑު
އިޢުލާން
ފަޤީރުންނާއި މިސްކީނުންނަށް މުދަލު ޒަކާތާއި ފިޠުރު ޒަކާތް ބެހުމަށް ނަން ނޯޓުކޮށް ލިސްޓު އެކުލަވައިލުމުގައި ބަލާ މިންގަނޑު ތިރީގައި މިވަނީއެވެ.
(1) ފަޤީރެއްގެ ގޮތުގައި ނަން ނޯޓު ކުރެވޭނީ ތިރީގައިވާ ދެ ގޮތުންކުރެ ގޮތެއްގެ މަތިންނެވެ. އެއީ އާމްދަނީގެ ގޮތުގައި ބޮލަކަށް ދުވާލަކަށް -/44 ރުފިޔާ (ސާޅީސް ހަތަރު ރުފިޔާ) ނުލިބޭ ކޮންމެ ޢާއިލާއަކީ ފަޤީރު ޢާއިލާއެއްގެ ގޮތުގައި ބެލޭނެއެވެ.
(2) އާމުދަނީގެ ގޮތުގައި މަހަކު-/4000ރ (ހަތަރު ހާސް ރުފިޔާ) ނުލިބޭ ކަމަށްވާނަމަ، އެ ފަރާތެއްވެސް ފަޤީރެއްގެ ގޮތުގައި ބެލެވިދާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ރަމަޟާން 1436
24 ޖޫން 2015