މަޤާމު: ސެކްރެޓަރީ
|
މުސާރަ
|
މަހަކު -/7500 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
މަޤާމުގެ ރޭންކް
|
AS 3
|
ބޭނުންވާ އަދަދު
|
02
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އެގްޒެކްޓިވް ބިއުރޯ
|
މަޤާމުގެ ޝަރުޠު:
|
ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާގެ 2 (ދޭއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާއިން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ހުރުން ނުވަތަ ދާއިރާގެ 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ސީނިއަރ މެނޭޖްމަންޓްގެ މީޓިންގތަކާއި އެޕޮއިންޓްމަންޓަކުގެ ތާރީޚުތަކާއި ގަޑިތަކާއި ތަންތަން ކަނޑައަޅައި، އެ މީޓިންގތައް އިންތިޒާމުކުރުމާއި އެކަމާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން؛
- ސީނިއަރ މެނޭޖްމަންޓް ބައިވެރިވާ އެކިކަހަލަ މީޓިންގތަކަށް ބޭނުންވާ ކަމާގުޅޭ މަޢުލޫމާތު އެއްކޮށްދީ، ލިޔެކިޔުންތައް ތައްޔާރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުން؛
- އެގްޒެކެޓިވް ބިއުރޯއިން ތަންފީޒުކުރާ ސިޔާސަތުތަކާއި ގަވާއިދުތަކާއި ގައިޑްލައިންތަކުގެ ކަންކަން ކުރިޔަށް ގެންދެވުމަށާއި ދިފާޢުކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިދނުން؛
- ސީނިއަރ މެނޭޖްމަންޓުން އެކި ފަރާތްތަކަށް ޖަވާބުދާރީވުމަށް ބޭނުންވާ ދިރާސާތައް ކޮށް، މަޢުލޫމާތުތައް ތައްޔާރުކުރުމަށް އެހީތެރިކަން ލިބިދިނުން؛
- ކުންފުނީގެ އިސް މެނޭޖްމަންޓްގެ ފަރާތުން ކުންފުނީގެ ވެރިންނަށް އަންގަވާ އެންގެވުންތަކާއި ދެއްވާ އިރުޝާދުތަކުގެ ލިޔުންތައް ނެރުމާއި ރައްދުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
- ސީނިއަރ މެނޭޖްމަންޓުން ޑިޕާޓްމަންޓްތަކާއި ވެރިންނާއި މުވައްޒަފުންނާ ހަވާލުކުރާ ކަންކަން ހިނގަމުންދާ ގޮތުގެ އަޕްޑޭޓްތައް ހޯދައި އެ މަޢުލޫމާތު ސީނިއަރ މޭޖްމަންޓް ހުށަހަޅަމުން ގެންދިއުން؛
- ކުންފުނީގެ މެނޭޖްމަންޓުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅަންޖެހޭ ކަންކަން ހުށަހެޅުމުގައި މެނޭޖިންގ ޑިރެކްޓަރަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިދިނުން؛
- ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެދޭ ލިޔުންތަކާއި މަޢުލޫމާތު، އެ ބޯޑަށް ފޮނުވުއްވުމުގައި އިސް މެނޭޖިންގ މެނޭޖްމަންޓަށް އެހީތެރިވެދިނުމާއި އަދި ޑިރެކްޓަރުންގެ ބޯޑުން އެދިވަޑައިގެން މެނޭޖްމަންޓުން ޑިރެކްޓަރުންގެ ބޯޑަށް ކޮށްދޭން ކަންކަމުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސެމުގެ ކަންކަން ކޯޑިނޭޓްކުރުން.
- ޑިރެކްޓަރުންގެ ބޯޑުން މެނޭޖްމަންޓަށް ފޮނުއްވާ ޑޮކިއުމެންޓްތަކާ ހަވާލުވުމާއި ބެލެހެއްޓުމާއި އެއަށް މެނޭޖިންގ ޑިރެކްޓަރ އަންގާގޮތަކަށް ޢަމަލުކުރުން.
- ކުންފުންޏަށް ހުށަހެޅޭ ސިޓީތަކާއި އެހެނިހެން ލިޔުންތަކުގެ ތެރެއިން، މެނޭޖިންގ ޑިރެކްޓަރު ގޮތެއް ނިންމަންޖެހޭ ނުވަތަ މެނޭޖިންގ ޑިރެކްޓަރ ވަކި ޑައިރެކްޝަނެއް ދައްކަންޖެހޭ ލިޔުންތައް މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުމާއި މެނޭޖިންގ ޑިރެކްޓަރ އަންގާ ގޮތަކަށް އެކަމެއްގައި ޢަމަލުކުރުން؛
- ކުންފުނީގެ އެންމެ އިސް ސިއްރުތައް ހިފެހެއްޓުމަށް މަތީފެންވަރެއްގައި މަސައްކަތްކުރުން؛
- އިސްމެނޭޖްމަންޓުގެ ސެކްރެޓަރީއެއްގެ މަސްއޫލިއްޔަތާ ގުޅުންހުރި އެހެން މަސައްކަތްތައް ކުރުން.
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު
|
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
- ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތަށެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 1 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|