ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އޮފީސް ކޮންޓްރެކްޓް އުޞޫލުން 01 އަހަރުދުވަހުގެ މުއްދަތަށް ކުނިކަހާ ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL/480/2024/66 (9 އޮކްޓޯބަރ 2024) އިޢުލާނަށް، އެކަށީގެންވާ އަގުތަކެއްގެ އަންދާސީ ހިސާބު ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހަޅަންވީ ތާރީޚު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
# |
ތަފުޞީލު |
ތާރީޚު |
ގަޑި |
ތަން |
1 |
މަޢުލޫމާތު ސާފުކުރުން |
27 އޮކްޓޯބަރ 2024 |
މެންދުރުފަހު 13:30 |
މ. ވީނަސް، ނޫރީ ގޯޅި، 4 ވަނަ ފަންގިފިލާ |
2 |
އަންދާސީހިސާބު ހުށަހެޅުން |
30 އޮކްޓޯބަރ 2024 |
ހެނދުނު 11:00 |
މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ.
މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.