މަޤާމު: މަރކެޓިންގ އެކްޒެކްޓިވް އޮފިސަރ
|
މުސާރަ
|
މަހަކު -/7500 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
މަޤާމުގެ ރޭންކް
|
AS3
|
ބޭނުންވާ އަދަދު
|
02
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
މަރކެޓިންގ ޑިޕާޓްމަންޓް
|
މަޤާމުގެ ޝަރުޠު:
|
ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާގެ 2 (ދޭއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާއިން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާގެ 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކުންފުނީގެ ޗެނަލްތަކުން ކަނޑައެޅިފައިވާ އިޝްތިހާރު ސްލޮޓްތައް ވިއްކުން.
- ޕްރޮގްރާމްތަކަށް ސްޕޮންސަރޝިޕް ހޯދަން މަސައްކަތް ކުރުން.
- ކުންފުނިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް ވިއްކުން.
- ޚިދުމަތަށް އެދޭ ފޯމުތައް އެންޓްރީކުރުމާއި ފައިލިންގ ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ދުވަހުން ދުވަހަށް ދައްކަންޖެހޭ ޓީވީއެމްގެ އިޝްތިހާރު ޝީޓް އެއްދުވަސް ކުރިއަށް ތައްޔާރުކޮށް އިޝްތިހާރު ޓޭޕް ތައްޔާރުކުރާ ފަރާތާ ހަވާލުކުރުން.
- ކޮންމެ ދުވަހަކު ހެނދުނު، އިޝްތިހާރު ޝީޓް ކޮންޓްރޯލް ރޫމުން ނަގައި ޑާޓާބޭސް އަޕްޑޭޓްކުރުން.
- ސޭލްސް ރިލޭޓެޑް ސިޓީތަކަށް ޖަވާބު ދިނުން.
- ހަފްތާގެ ސޭލްސް ރިޕޯޓު، ކުއަރޓަލީ ސޭލްސް ރިޕޯޓު އަދި އެނުއަލް ސޭލްސް ރިޕޯޓު ހެދުން.
- ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މީހަކު ސަލާމްބުނާ ނުވަތަ ޗުއްޓީ ނަގާ ހާލަތެއްގައި އޭނާ ކުރަމުން ގެންދިޔަ މަސައްކަތުގެ ތެރެއިން ޑިޕާޓްމަންޓްގެ ހިނގުމާ ހަވާލުވެހުރި ފަރާތުން ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު
|
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތަށެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 1 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|