ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2024/67
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 23 އޮކްޓޫބަރު 2024 20:30
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުން ބައްދަލުވުމުގެ ދަޢުވަތު:

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމް.ޑަބްލިޔު.އެސް.ސީ އާއި ޙަވާލުކޮށްގެން މިރަށުގައި ކުރިއަށްގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ރަށުގެ ރައްޔިތުންނާއި ޙިއްސާ ކުރުމަށްޓަކައި ބޭއްވޭ ބައްދަލުވުން 23 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެރޭ 20:30 ގައި ލަންދޫ ސްކޫލް ހޯލްގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް ލަންދޫގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. އަދި މިބައްދަލުވުމުގައި ކޮންމެ ގޭބިސީއަކުންވެސް މަދުވެގެން 1 ބޭފުޅަކު ބައިވެރިވެ ދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެއް ކަމުގައި ދެންނެވީމެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 އޮކްޓޫބަރު 2024