ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-SD/1/2015/ 204
ޕަބްލިޝްކުރި ތާރީޚް: 22 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:14
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
މިނިސްޓްރީގެ ނަން ބޭނުންކޮށްގެން ބަށި މުބާރާތްތައް ބާއްވަމުންގެންދިއުމާ ގުޅޭ

އިޢުލާން

މިހާރަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި މިނިސްޓްރީގެ ނަން ބޭނުންކޮށްގެން ބަށި މުބާރާތްތަކެއް އެކި ނަންނަމުގައި ބާއްވަމުންގެންދާކަން ފާހަގަކުރަމެވެ. އެނގި ވަޑައިގަންނަވާނޭ ފަދައިން، ކުޅިވަރު ތަރައްޤީކޮށް އާލާކުރުމަށް މި މިނިސްޓްރީން މި އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްޕޯޓްސް ކައުންސިލެއް އުފައްދައި އެކައުންސިލްގެ ދަށުން ވަކިވަކި ކުޅިވަރުތަކަށް، ކުޅިވަރުގެ ޤައުމީ އެސޯސިއޭޝަންގެ ހައިސިއްޔަތު ކަނޑައަޅައި، އެ އެސޯސިއޭޝަންތަކަށް، މިނިސްޓްރީ އިން ދޭ އެހީތެރިކަމާއެކު ކުޅުންތެރިންގެ ހުނަރާއި ޤާބިލުކަން އުފެއްދުމަށްޓަކައި ރާއްޖޭގައި ތަފާތު ޕްރޮގްރާމުތައް ދަނީ އެސޯސިއޭޝަންތަކުން ހިންގަމުންނެވެ.

ވުމާއެކު، ބަށި މި ކުޅިވަރަށް ޤައުމީ އެސޯސިއޭޝަންގެ ހައިސިއްޔަތު ކަނޑައަޅާފައި ނެތުމާއި، މިފަދަ މުބާރާތްތައް ބާއްވަމުން ގެންދަވާއިރު އެއްވެސް ފަރާތަކުން މި މިނިސްޓްރީގެ ނަން ބޭނުންކޮށްގެން މިފަދަ މުބާރާތްތައް ނުވަތަ މި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ކުރިޔަށް ނުގެންދެވުމަށް އިލްތިމާސްކުރަމެވެ.

05 ރަމަޟާން 2015

22 ޖޫން 2015