ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2024/266
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 29 އޮކްޓޫބަރު 2024 13:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެސް.އޯ.އީސް ފައިނޭންޝަލް ކޮންސަލްޓަންޓް

ދައުލަތުގެ ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމަށްޓަކައި އެކައުންޓިންގ ނުވަތަ ފައިނޭންޝަލް ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވައި، ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް މި ވުޒާރާގެ ފަރާތުން އެސް.އޯ.އީސް ފައިނޭންޝަލް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ނޭޝަނަލް އައި.ޑީ. ކާޑާއި، ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މާލީ ވުޒާރާ

އަމީނީމަގު، މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected],

 

22 އޮކްޓޫބަރު 2024

22 އޮކްޓޫބަރު 2024