ކުއްޔަށް ހިފުން
ނަންބަރު: (IUL)KRH/PLD/2024/74
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި:
31 އޮކްޓޫބަރު 2024 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުޔަށް ހިފުން
އިޢުލާން - ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުޔަށް ހިފުން |
މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބޭނުމަށް ކުރަންޖެހޭ އެކި މަސައްކަތްތައް ކުރުމަށާއި ތަކެތި ރައްކާތެރިކަންމަތީ ބެހެއްޓުމަށް ބޭނުންވާ ގުދަނެއް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ.
ވީމާ، ގުދަން ކުއްޔަށް ދޫކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް https://forms.gle/82ZRQ3m1adHcjqwN8 މެދުވެރިކޮށް، 22 އޮކްޓޫބަރ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 31 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.
- ފޯމު ފުރިހަމަ ކުރެއްވުމުން ކޮންފޮމޭޝަން މެސެޖް އީ-މެއިލްގެ ޒަރީއާއިން ލިބި ނުލައްވާނަމަ ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު 6521665 އަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 22 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުން ފެށިގެން 4 ނޮވެންބަރު 2024 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން [email protected]އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާއި ގުޅުންހުރި ލިޔެކިޔުންތައް ގެޒެޓްގައި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން
- ތަން: އަލިމަސް މާލަން / ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
- ތާރީޚާއި ގަޑި: 5 ނޮވެންބަރ 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި
22 އޮކްޓޫބަރު 2024