ޢާންމު މަޢުލޫމާތު
ނަންބަރު: (A)EA-2015/153
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:07
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ނ. ހެނބަދޫ ކައުންސިލާއި މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ)ގެ ބައި-އިލެކްޝަން

ނ. ހެނބަދޫ ކައުންސިލާއި މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ)ގެ ބައި-އިލެކްޝަން

2015 ޖޫން 11 ގައި ގެޒެޓްކޮށްފައިވާ، ނ. ހެނބަދޫ ކައުންސިލާއި މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ)ގެ ބައި-އިލެކްޝަންގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތައް، މިއަދު (2015 ޖޫން23) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގެ ވެބްސައިޓް (http://www.gazette.gov.mv) އިންނާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ނ. ހެނބަދޫ ކައުންސިލުންނާއި، މ. ރަތްމަންދޫ ކައުންސިލުންނާއި، މ. ވޭވަށު ކައުންސިލުންނާއި، މ. މަޑުއްވަރީ ކައުންސިލުންނާއި، މ. މުލީ ކައުންސިލުންނާއި، މ. ދިއްގަރު ކައުންސިލް އިދާރާއިން ވެސް ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

ގެޒެޓް ކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ، 2015 ޖޫން 23 އިން 2015 ޖުލައި 02 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރުފަހު1:45 އަށެވެ. ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާބެހޭ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި މި ބައި-އިލެކްޝަންތައް ނިސްބަތްވާ ކައުންސިލްތަކުގެ އިދާރާއިންނެވެ. އަދި މި ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

06 ރަމަޟާން 1436

23 ޖޫން 2015