ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2024/85
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 19 ޑިސެންބަރު 2024 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު)ގެ 246 ވަނަ މާއްދާގެ ދަށުން ކުންފުނި އުވާލުމާ ގުޅޭ

އިޢުލާން

ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު)ގެ 246 ވަނަ މާއްދާގެ ދަށުން ކުންފުނި އުވާލުމާ ގުޅޭ

ޤާނޫނު ނަންބަރު 07/2023 (ކުންފުނީގެ ޤާނޫނު) އަށް އަމަލުކުރަން ފެށިއިރު، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވާލަން ކަނޑައަޅާފައިވާ ކުންފުނިތަކަށް، އެއިން ކުންފުންޏެއް އަލުން ޙަރަކާތްތެރިވުމަށް ނުވަތަ ހިންގުމަށް އެދޭ ކުންފުންޏަކުން، ކުންފުނި އުވާލުމަށް ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކޮށް އަލުން ޙަރަކާތްތެރިވުމަށް އެދުމަށް ދިން 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ހަމަވެފައިވާތީ، މި އިޢުލާނާއިއެކު ޝާއިޢުކޮށްފައިވާ ކުންފުނިތައް އުވާލުމުގެ ކުރިން، އެއިން އެއްވެސް ކުންފުންޏަކުން ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެއްވެސް ފަރާތަކުން އެއިން ކުންފުންޏެއްގެ މައްޗަށް ހުށަހަޅާ ދަޢުވާއެއް އޮތްނަމަ، 19 ޑިސެމްބަރ 2024 ގެ މެންދުރު 14:00ގެ ކުރިން މި މިނިސްޓްރީއަށް އެންގުމަށް ދަންނަވަމެވެ.  

މި އިޢުލާނާއިއެކު ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ ކުންފުންޏަކުން ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެއިން ކުންފުންޏެއްގެ މައްޗަށް ހުށަހަޅާ ދަޢުވާއެއްވާނަމަ، ކަމާބެހޭ ތަފްޞީލު ބަލައިގަނެވޭނީ، ހަމައެކަނި މި މިނިސްޓްރީގެ ޕޯޓަލްގެ ޖެނެރަލް ސަރވިސް ރިކުއެސްޓް “Filing Claims: Companies winding up under S.246” މެދުވެރިކޮށް ހުށަހެޅުމުންނެވެ.

މި އިޢުލާނާއިއެކު ޝާއިޢުކޮށްފައިވާ ލިސްޓްގައި ހިމެނޭ އެއްވެސް ކުންފުންޏަކުން ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެއިން ކުންފުންޏެއްގެ މައްޗަށް ހުށަހަޅާ ދަޢުވާއެއް ކަނޑައެޅިފައިވާ ސުންގަޑިއަށް ހުށަހަޅާފައިނުވާނަމަ، އެއިން ކޮންމެ ކުންފުންޏެއްވެސް އުވާލައި އެކަން ގެޒެޓްގައި ޝާއިޢުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް، މިނިސްޓްރީގެ ހޮޓްލައިން 1500 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. 

22 އޮކްޓޫބަރު 2024