ކުއްޔަށް ދިނުން
ނަންބަރު: (IUL)305-ME305/305/2024/111
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 29 އޮކްޓޫބަރު 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް އަދި ޢިޖްތިމާއީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ރުއްތައް ރާ އެރުމަށް ކުއްޔަށް ދިނުމާގުޅޭ

ޕްރީސްކޫލް އަދި ޢިޖްތިމާއީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ރުއްތައް ރާ އެރުމަށް ކުއްޔަށް ދިނުމާގުޅޭ

މިއިދާރާގެ ނަންބަރު: (IUL)305-ME305/305/2024/48 (16 މެއި 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައި ނުވާތީ އެޢިލާނު ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ރ.މާކުރަތު ޕްރީސްކޫލް ގޯތިތެރޭގައި ހުރި ފޯދުނު 7 (ހަތެއް) ރުއް، އަދި ރ.މާކުރަތު ޢިޖުތިމާއީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ފޯދުނު 1 (އެކެއް) ރުއް، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ރާ އެރުމަށް ކުއްޔަށް ދޫކޮށްލުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 ށް އަގު ހުށަހެޅުމަށް އެދެމެވެ. އަގު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ހުށަހަޅުއްވާ އަގުތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށް މިރުއްތައް ހަވާލު ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުއްޔަށް އެދި އަގު ހުށަހަޅާ ފޯމް މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 އޮކްޓޫބަރު 2024