ދިވެހިރާއްޖެ
އދ.ދިގުރަށު ކައުންސިލްގެ އިދާރާ
ނަންބަރު:353/353/2024/90(IUL)
އިޢުލާނު
ކައުންސިލް އިދާރާ އެކްސްޓެންޝަން 2024 - ފިޔަވަހި 1
ކައުންސިލު އިދާރާގެ އުތުރުފަރާތަށް ބައެއް އިތުރުކުރުމުގެ މަސައްކަތް (ކުރެހުމުގައިވާގޮތައް) ކޮއްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
ބީލަން ހުށަހެޅުމުގެ ޝަރުޠު
- މި މަސައްކަތަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ބީލަން ހުށަހެޅުމަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
- މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 28 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ -/50ރ (ފަންސާސް) ރުފިޔާއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުށަހަޅުއްވާނީ އެ ބޭނުމަށް ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކުރާ ފޯމަކުންނެވެ. ފޯމާއެކު ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ބީލަން ފޯމާއެކު ހުށަހެޅުމަށް އިރުޝާދު ދީފައިވާ އެންމެހާ ލިޔެކިއުންތައް، ބީލަން ފޯމާއެކު ހުށަހަޅަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
21 އޮކްޓޯބަރ 2024
އިބްރާހީމް ޢަބްދުއްރަހީމް
ކައުންސިލްގެ ނާއިބު ރައީސް