ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2024/60
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 31 އޮކްޓޫބަރު 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމުން ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދާއި، އަލަށްހަދާ މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަސްތައް ނަގައި ބިންސާފުކޮށްދޭނެ ފަރާތެއް ހޯދުން:

ރ.އަނގޮޅތީމުން ގޯތިދޫކުރުމަށް ކަނޑައަޅާފައިވާ ބިމުގައިހުރި އެކިވަރުގެ 335 ރުކާއި  އެކިވަރުގެ141 ކަށިކެޔޮގަހާއި އެހެނިހެން ބާވަތްތަކުގެ އެކިވަރުގެ ގަސްގަހާއި. މި ތަކެތީގެ ބަދަލަށްވާ  331205(ތިންލައްކަ އެއްތިރީސްހާސް ދުއިސައްތަ- ފަސް ރުފިޔާ) މި ކައުންސިލަށް ދޭގޮތަށް ރުއްތަކާއި ގަސްތައް ނަގައިގެން ގެންދަން ބޭނުންވާ ފަރާތްތަކުން 31 އޮކްޓޫބަރު 2024 (ބުރާސްފަތި) ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން މި އިދާރާއަށް ހުށހެޅުމަށް ދަންނަވަމެވެ. ރުއްގަސް ރަށުން ބޭރުކުރުމަށް އީ.ޕީ.އޭ. އިން ނަގަންޖެހޭ ހުއްދަ ނެގުމަކީ ރުއްގަސް ނަގާފަރާތުން ކުރަންޖެހޭ ކަމެއްކަމާއި، ރުއްގަސް ނެގުމަށް މަސައްކަތް ފެށުމުގެ ކުރިން އީ.ޕީ.އޭ. އިން ދީފައިވާ ހުއްދަ ކައުންސިލަށް ހުށަހަޅާންވާނެއެވެ. ރުއްގަސް ބިމުން ނެގުމަށް ބިމުން އުފާރާލުމުން ހެދޭ ވަޅުގަނޑަށް ފަސްއަޅާ ލެވެލްކުރަންވާނެވެ. ކޮޅުވެއްޓި ފަދަ ތަކެތި ކައިރިކުރިމަށް ބަނދަރުގައި ރޭމްޕް ހަދާފައިވާކަން މަޢްލޫމާތަށްޓަކައި ދަންނަވަމެވެ.

ރުއްގަސް ނަގައިގެން ގެންދަން ހުށަހަޅާ ފަރާތްތަކުން ތިރީގައިވާ މަޢްލޫމާތު ހިމަނަންވާނެއެވެ.

  1. ރުއްގަސް ނެގުމަށް ބެނުންކުރާ ވެހިކަލް ގެ ޢަދަދާއި ބާވަތް
  2. ރުއްގަސް ނަގައިގެން ގެންދެވޭނެ މުއްދަތު
  3. ރުއްގަސް ނަގާ ސަރަހައްދުގެ ވަށައިގެން އޮންނަ މަގުތައް ލެވެލްކޮށް އެއްވަރުކޮށްދޭނެކަން
  4. ރުއްގަސްނެގުމާއި ގެންދިއުމުގެ ތެރޭގައި މީހެއްގެ އެއްޗަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިއްޖެނަމަ  ލިބުނުގެއްލުމެއް ހައްލުކޮށްދިނުން
  5. މި ސަރަހައްދުގައި ގަސް ނުހިމެނޭގޮތަށް އެކިބާވަތުގެ ބޮޑެތި ބުޑުގަނޑު ކޮންމެވެސް ވަރަކަށް ހުރުމަކީ އެކަށީގެންވާ ކަމަކަށްވާތީ އެފަދަ ބުޑުގަނޑެއް ހުރެއްޖެނަމަ ނަގައި އެއްފަރާތްކޮށްދޭނެކަން

ވީމާ، މި ކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ. އިތުރު މަޢްލޫމާތެއް ސާފުކުރަންވަން ބޭނުންފުޅުވާނަމަ ކައުންސިލްގެ ރައީސް 9108888 ނައިބުރައީސް 7775791 އަށް ގުޅުއްވުން އެދެދެމެވެ.

17 އޮކްޓޫބަރު 2024