ކުއްޔަށް ދިނުން
ނަންބަރު: (IUL)283-PS/283/2024/78
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި:
24 އޮކްޓޫބަރު 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޮނުމަހުގެ މަސައްކަތް ކުރުމަށް ބިން ދޫކުރުން
މަސްވެރިކަމުގެ އެކިއެކި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ލޮނުމަހުގެ މަސައްކަތްކުރުމަށް، އެންމެ ރަނގަޅު އަގު ހުށައަޅާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.
- ބިމުގެ ބޮޑުމިން : 1500 އަކަފޫޓު ( 50 ފޫޓު ، 30 ފޫޓު)
- ބިމުގެ އަދަދު: 6 ބިން (އެއްފަރާތަކަށް 2 ބިމަށް އެދެވިދާނެ)
- ބިން އޮތްތަން : ރަށުގެ ދެކުނުކޮޅުން (ސިނާއީ ބިންތަކާއި އިންވެގެން)
- މަހަކަށް ހުށައެޅޭ އެންމެ ކުޑައަގު : އަކަފޫޓަކަށް 70 ލާރި (1050ރ)
- ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެވޭ މުއްދަތު: 3 މަސްދުވަސް (ކައުންސިލަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ)
- ބިމުގައި އެއްވެސް އަސާސީ ޚިދުމަތެއް ލިބެން ނުހުންނާނެއެވެ. (ފެން، ނަރުދަމާ، ކަރަންޓް) މިޚިދުމަތް ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަކީ ބިން ނަގާފަރާތުގެ ޒިންމާއެކެވެ.
- ހުށައެޅޭނެ އެންމެ ދިގު މުއްދަތު : 20 އަހަރުދުވަސް
- މުއްދަތަށް އިތުރުކުރެވިދާނެ މުއްދަތު: ނަގާ މުއްދަތުގެ 50 އިންސައްތަ އަހަރު (މިކަން ޤާނޫނަކުން ބަދަލު ނުވާހާ ހިނދަކު)
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގެނަމްބަރ 6540052 ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.
20 އޮކްޓޫބަރު 2024