ކުއްޔަށް ދިނުން
ނަންބަރު: (IUL)283-PS/283/2024/79
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 24 އޮކްޓޫބަރު 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ބިން ދޫކުރުން

މަސްވެރިކަމުގެ އެކިއެކި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރުމަށް، އެންމެ ރަނގަޅު އަގު ހުށައަޅާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

  • ބިމުގެ ބޮޑުމިން : 1500 އަކަފޫޓު ( 50 ފޫޓު ، 30 ފޫޓު)
  • ބިމުގެ އަދަދު: 6 ބިން (އެއްފަރާތަކަށް 2 ބިމަށް އެދެވިދާނެ)
  • ބިން އޮތްތަން : ރަށުގެ ދެކުނުކޮޅުން (ސިނާއީ ބިންތަކާއި އިންވެގެން)
  • މަހަކަށް ހުށައެޅޭ އެންމެ ކުޑައަގު : އަކަފޫޓަކަށް 70 ލާރި (1050ރ)
  • ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެވޭ މުއްދަތު: 3 މަސްދުވަސް (ކައުންސިލަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ)
  • ބިމުގައި އެއްވެސް އަސާސީ ޚިދުމަތެއް ލިބެން ނުހުންނާނެއެވެ. (ފެން، ނަރުދަމާ، ކަރަންޓް) މިޚިދުމަތް ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަކީ ބިން ނަގާފަރާތުގެ ޒިންމާއެކެވެ.
  • ހުށައެޅޭނެ އެންމެ ދިގު މުއްދަތު : 20 އަހަރުދުވަސް
  • މުއްދަތަށް އިތުރުކުރެވިދާނެ މުއްދަތު: ނަގާ މުއްދަތުގެ 50 އިންސައްތަ އަހަރު (މިކަން ޤާނޫނަކުން ބަދަލު ނުވާހާ ހިނދަކު)

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގެނަމްބަރ 6540052 ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  24 އޮކްޓޯބަރ 2024   ވާ ބުރާސްފަތި ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.

20 އޮކްޓޫބަރު 2024