ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2024/40
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 29 އޮކްޓޫބަރު 2024 11:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އަބޫބަކުރުގައި އިއާދަކުރަނިވި ހަކަތައިން ކަރަންްޓު އުފައްދާ ނިޒާމް ހަރުކޮށްދޭނެ ފަރާތެއް ހޯދުން - އެވޯޑްކުރުން

މަސްޖިދުލް އަބޫބަކުރުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ޢާއްމުކުރެވިފައިވާ ނަންބަރު (IUL)375/375/2024/37 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އަލްޓްރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އާއި މިމަސައްކަތް ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މިކައުންސިލްގެ ބިޑްކޮމިޓީގެ 2024 ވަނަ އަހަރުގެ 07 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 މިކަމާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 29 އޮކްޓޯބަރު 2024 ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން މިއިދާރާގެ އީ-މެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. މިއިޢުލާނާއެކު ބިޑް އިވެލުއޭޝަން ޝީޓް އެޓޭޗްކުރެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

21 އޮކްޓޫބަރު 2024