ދިވެހިރާއްޖެ
ނަމްބަރު:17/2024/(IUL) GS118
އިޢުލާން
ފޮއްދޫ ސްކޫލް އޮފީހާއި ހޯލް އިމާރާތުގެ ކުޑަދޮރު ތަކާއި ބޮޑުދޮރުތައް އަމިއްލަ ތަކެތީގައި ބަދަލު ކުރުމުގެ މަސައްކަތް
1. ފޮއްދޫ ސްކޫލްގެ އޮފީހާއި ހޯލް އިމާރާތުގެ ކުޑަދޮރު ތަކާއި ބޮޑުދޮރުތައް އަމިއްލަ ތަކެތީގައި ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
2. ބީލަން ހުށައެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
3. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 21 އޮކްޓޯބަރ 2024 އިން 24 އޮކްޓޯބަރ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 12:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
4. މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 އޮކްޓޯބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ނުވަތަ މިސްކޫލްގެ ނަމްބަރ 6561807 / 6560570 ނަމްބަރ ފޯނާ ގުޅުއްވުން އެދެމެވެ.
5. މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 28 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 13:00ގައި މިސްކޫލްގައެވެ.
6. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 07 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިސްކޫލްގައެވެ.
- ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.
- ނަންނޯޓް ކުރުމާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ފޮއްދޫ ސްކޫލް، ނ.ފޮއްދޫ/ދިވެހިރާއްޖެ
- ފޯން: 6561807 / 6560570
- އީމެއިލް: [email protected] އަށެވެ.