ބީލަން
ނަންބަރު: (IUL)297/297/2024/94
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 12 ނޮވެންބަރު 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު މޮނިއުމެންޓް ޑިޒައިންކޮއްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ނ.ވެލިދޫ ބަނދަރު ސަރަޙައްދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މޮނިއުމެންޓްގެ ޑިޒައިންކޮށްދޭނެ ފަރާތެއް ވަނީ ބޭނުންވެފައެވެ. މޮނިއުމެންޓް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ސޯސަންމަގާއި ދޭލިޔާމަގާއި، ނީލޯފަރުމަގާއި މެރިން ޑްރައިވް ގުޅޭ ސަރަހައްދުގައި ބަނދަރަށް ކުރިމަތިލާ ގޮތަށެވެ.

 

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް

)ހ) ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

 

ހުށަހަޅަން ޖެހޭ ލިޔުންތައް

(ހ) ކުންފުނި/ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

(ށ) ޖީ.އެސް.ޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްނަމަ ޖީ.އެސް.ޓީ ރަޖިސްޓްރްރޭޝަން ސެޓްފިކެޓްގެ ކޮޕީ.

(ނ) ބީލަން ހުށައަޅާ ފަރާތުގެ އައި.ޑީ.ކާޑް ކޮޕީ

(ރ) ކުންފުނި/ އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރު ޕްރޮފައިލް (ކުންފުންޏެއް ނަމަ ޕްރޮފައިލްގައި ބޯޑް އޮފް ޑިރެކްޓަރޒްގެ މަޢުލޫމާތު ހިމެނުން)

(ބ) ވެރިފަރާތުގެ ބަދަލުގައި އެހެންފަރާތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ފޮނުވާނަމަ އެކަން ބަޔާންކުރާ ރަސްމީ ލިޔުން އަދި އައި.ޑީ.ކާޑް ކޮޕީ (ކޮމްޕެނީ އެއްނަމަ ބިޑް ހުށަހަޅަން އަންނަ ފަރާތަކީ ކުންފުނީގެ ކޮން ފަރާތެއްކަން އެނގޭނެ ރަސްމީ ލިޔުން)

 

ބީލަން ހުށަހެޅުން އަދި ހުޅުވުން

(ހ) ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ގަޑީގައި މިއިދާރާއަށް ހާޒިރުވެއެވެ.

(ށ) ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 12 ނޮވެމްބަރު 2024 ވާ އަންގާރަ ދުވަހުގެ 11:00 ނ.ވެލިދޫ ކައުންސިލްގެ އިދާރާގައި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވާ ފަރާތްތަކުގެ އެއްހާޟިރުގައެވެ.

(ނ) އަންދާސީ ހިސާބު ހުށައެޅުމަށް ކަނޑައެޅިފައިވާ ސުންގަޑި ފާއިތުވުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

(ރ) މަޢުލޫމާތު ފުރިހަމަނޫން އަންދާސީ ހިސާބު ބާތިލުކުރުމުގެ އިޙްތިޔާރު މި އިދާރާއަށް ލިބިގެންވެއެވެ.

(ރ) އީމެއިލް މެދުވެރިކޮށް ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ބީލަން ލިބިފައިވާކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

 

މާކްސް ދެވޭގޮތުގެ ތަފްސީލު:

(ހ) ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާއިން ހޮވާލެވިފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

(ށ) ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.

(ނ) ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

70%

v   ހިދުމަތުގެ އަގަށްދޭ މާކްސް

v   މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v   މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

30%

v  މަސައްކަތުގެ ދާއިރާގައި ޚިދުމަތް ދިން މުއްދަތު (އަހަރު)

v  މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

v  މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

21 އޮކްޓޫބަރު 2024