ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2024-50
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 28 އޮކްޓޫބަރު 2024 16:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ޕޭޔަބަލް އޮފިސަރ)

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 ޕޭޔަބަލް އޮފިސަރ

 ބޭނުންވާ އަދަދު:

 02 (ދޭއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 1

 އަސާސީ މުސާރަ:

 މަހަކު -/5,500.00 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 -   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -   އެހެނިހެން އެލަވަންސް: -2200/ރ

 -   އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ   ފައިސާ ދެވޭނެއެވެ.

 -   މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35   އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް   5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 -   ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި   ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 -  މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ލިބިފައިވުން ނުވަތަ،

-   ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 1-2 އަހަރުގެ   ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 -  އެކައުންޓްސް ޕޭޔަބަލް ޓްރާންސެކްޝަންތައް ރިކޮންސިލްކޮށް، ތަފާތުތަކެއް ހުރިނަމަ އެކަން ހައްލުކުރުން.

 -  ހުރިހާ ފައިސާއާއި ޚަރަދުތަކުގެ ރެކޯޑް ބެލެހެއްޓުން.

 -  އެކައުންޓްސް ޕޭޔަބަލް ލެޖަރ ރިކޮންސިލްކޮށް، ހުރިހާ ޕޭމަންޓްތަކެއް އެކައުންޓްކޮށް،   ރަނގަޅަށް ޕޯސްޓްކޮށްފައިވޭތޯ ބެލުން.

 -  އިންވޮއިސްތަކަކީ ޞައްޙަ އަދި ޕާޗޭސް އޯޑަރާއި ރަސީދުތަކާ އެއްގޮތްވާ އިންވޮއިސްތަކެއްކަން ކަށަވަރުކުރުން.

 -  އެކައުންޓިންގ ސިސްޓަމްގައި އިންވޮއިސްތައް ރެކޯޑްކުރުން.

 -  ޗެކް، އިލެކްޓްރޯނިކް ޓްރާންސްފާ، އަދި ވަޔަރ ޓްރާންސްފާ ހިމެނޭ ގޮތަށް ޕޭމަންޓް ވައުޗަރތައް ޝެޑިއުލްކޮށް ތައްޔާރުކުރުން.

 -  ކުންފުނީގެ ސިޔާސަތުތަކާ އެއްގޮތަށް އަދި އެއްބަސްވެފައިވާ ޝަރުތުތަކުގެ ތެރޭގައި ފައިސާ ދެއްކޭތޯ ބެލުން.

 -  ބިލިންގ ނުވަތަ ޕޭމަންޓް މައްސަލަތައް ޙައްލުކުރުމަށްޓަކައި ލެންޑަރުންނާއި ސަޕްލައިކުރާ ފަރާތްތަކާ މުޢާމަލާތްކުރުން.

 -  ޕޭމަންޓް ސްޓޭޓަސްއާ ގުޅޭގޮތުން ލެންޑަރުންގެ ފަރާތުން ކުރާ ސުވާލުތަކަށް އެޑްރެސްކުރުން.

 -  ދައްކަންޖެހޭ އެކައުންޓްތަކާ ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ތަޙުލީލުކުރުން.

 -  މަސް ނިމޭއިރު އަދި އަހަރު ނިމޭއިރު ބަންދުކުރުމުގެ ޕްރޮސެސްތަކުގައި އެހީތެރިވުން.

-   މާލީ ސިޔާސަތުތަކާއި އުސޫލުތަކަށް ތަބާވާކަން ކަށަވަރުކުރުން.

-   އެކައުންޓް ޕޭޔަބަލް އާއި ގުޅޭ އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓްތަކުގައި އެހީތެރިވުން.

-   މަސައްކަތުގެ ދާއިރާގައި ޙަވާލުކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން

 ސުންގަޑި:

 -  މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 28 އޮކްޓޯބަރ   2024 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން   ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް   ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ   ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް   އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު   ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު   ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

 އިންޓަވިއު:

 -    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

 -    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

 -    މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޮކްޓޯބަރ / ނޮވެމްބަރ މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން   އެދެމެވެ.

                        18 ރަބީޢުލްއާޚިރު 1446

21 އޮކްޓޫބަރު 2024