ކުއްޔަށް ދިނުން
ނަންބަރު: (IUL)419-ESMSPL/419/2024/135
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 22:14
ސުންގަޑި: 05 ނޮވެންބަރު 2024 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

މިއިދާރާގެ ނަންބަރ: (IUL)419-ESMSPL/419/2024/120 (12 ސެޕްޓެމްބަރ 2024) އިއުލނަށް ޝައުގުވެރިވެ އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީވެ، ގދ.ގައްދޫ އެލީނާ ގޯތީގެ ހުޅަނގަށް، ވަތަބަނޑޭރި މަގާއި ރެވެޓްމެންޓް އާއި ދެމެދު އޮތް ހުސްބިމުން 918.32 އަކަފޫޓްގެ ބިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތައް ހިންގުމަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު އަލުން  ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.

                     ވީމާ، މިބިމުގައި ފަތުރުވެރިކަމާއި ގުޅުން ހުރި އެހެނިހެން ކަންތައްތައް ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 05 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

20 އޮކްޓޫބަރު 2024