މަސައްކަތް
ނަންބަރު: (IUL)343-AS/343/2024/101
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި: 28 އޮކްޓޫބަރު 2024 13:30
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ މެއިންއެންޓްރެންސްތަކާއި ބޯލްގޭޓްތައް ހަދައިހަރުކޮށްދޭނެ ފަރާތެއް ހޯދުން:-

މިރަށު ފުޓްބޯޅަދަނޑުގެ މެއިންއެންޓްރެންސްތަކާއި ބޯލްގޭޓްތައް ހަދައި ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިއިޢުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއ އަދި ޑިޒައިނާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދިނުމަށް އެދޭފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2024 އޮކްޓޫބަރ 28 ވާ ހޯމަ ދުވަހުގެ 13:30ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. ހުށަހެޅޭ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. އެއްވެސްފަރާތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފޮނުއްވާ ބޭފުޅަކީ ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

20 އޮކްޓޫބަރު 2024