ދެންނެވުން
ނަންބަރު: (IUL) GS.38/2024/10
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 14 ނޮވެންބަރު 2024 14:00
ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ.

އިޢުލާން   

 

 ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ.

 

2025ވަނަ ދިރާސީ އަހަރު ވ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޞިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

2025 ވަނަ އަހަރު ސްކޫލަށް ދަރިވަރުން ވައްދާ އުމުރުފުރާތައް.

 

އެލް.ކޭ.ޖީ

: 2024 ވަނަ އަހަރުގެ ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިން.

ޔޫ.ކޭ.ޖީ:      

2024 ޑިސެމްބަރ 31އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން. އަދި 2024 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2025ވަނަ ދިރާސީ އަހަރު ( 06 އޭޕްރީލް 2025ގައި ފެށޭ ދިރާސީއަހަރު ) ޔޫކޭޖީއަށް ބަދަލުކުރެވޭނެއެވެ.

ގްރޭޑް 1 :  2024 ޑިސެމްބަރ31އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން. އަދި ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ވަނަ ދިރާސީ އަހަރު ( 06 އޭޕްރީލް 2025ގައި ފެށޭ ދިރާސީ އަހަރު ) ގްރޭޑް 1 އަށް ބަދަލުކުރެވޭނެއެވެ.

 

  • އެލް.ކޭ.ޖީ އަށް ކުއްޖަކު ވައްދާނީ، ނިމުނު އަހަރުގެ ޑިސެމްބަރ 31އަށް ( 2024 ޑިސެމްބަރ 31އަށް ) އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ ( 2025 ވަނަ އަހަރުގެ ) 31 މާރޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖަކަށް ދެވިދާނެއެވެ.

 

  • އެއްވެސް ދަރިވަރަކު ހިނގަމުންދާ އަހަރެއްގެތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.

 

  • އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމުގައި 4 އަހަރު ފުރިހަމަވެފައި ވޭތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ކުދިން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.

 

  • ދިރާސީ އަހަރު ފެށޭ ފަހުން 4 އަހަރު ފުރޭ ކުދިން ، ހިނގަމުންދާ ދިރާސީ އަހަރުގެ ތެރޭގައި އެލް.ކޭ.ޖީ އަކަށް ނުވައްދާނެއެވެ.
  • ވީމާ، މި މަރުކަޒަށް ކުދިން ވެއްދުމަށް އެދޭ ފޯމް ނަންގަވައި ފުރުއްވުމަށްފަހު މި މަރުކަޒުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
  •   ފޯމު ދޫކުރަން ފަށާ ތާރީޚް: 21 އޮކްޓޫބަރ 2024 ( ހޯމަ )
  •   ފޯމު ހުށަހަޅަންޖެހޭ ސުންގަޑި: 14 ނޮވެމްބަރ 2024 ( ބުރާސްފަތި ) މެންދުރުފަހު 14:00 ގެ ކުރިން

  •   އޮފީސް ރަސްމީ ގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00

 

  ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  •  ކުއްޖާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ.
  •  ކުއްޖާގެ މަންމަ ނުވަތަ ބައްޕަގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ.
  •  ބެލެނިވެރިޔާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ.
  •  ކުއްޖާގެ ޞިއްޙީ މައްސަލައެއްވާނަމަ އެކަމުގެ ލިޔެކިޔުންތައް.
  • ހަގު އުމުރުފުރާއިން ވައްދާނަމަ ބެލެނިވެރިޔާ އިޢުތިރާޒް ނުކުރާކަމުގެ ލިޔުން.
  •  ދަރިވަރުގެ ވެކްސިން ކާޑު.
20 އޮކްޓޫބަރު 2024