މަސައްކަތް
ނަންބަރު: (IUL)/273/273/2024/45
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 24 އޮކްޓޫބަރު 2024 14:00
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

                   މިއިދާރާގެ ކުރެވުނު އިޢުލާން ނަންބަރު:(IUL)273/273/2024/43 ( 22 ސެޕްޓެމްބަރ 2024 ) އާއި ގުޅިގެން ހުށަހެޅިފައިވާ އަގުތައް އެކަށީގެންވާ ގޮތަށް ހުށަހަޅާފައި ނުވާތީ އެޢިއުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރީމެވެ.

              މިއިދާރާއިންދޭ މައުލޫމާތާއި ކުރެހުމާއި އެއްގޮތަށް މިކައުންސިލުން ފޯރުކޮށްދޭ ތަކެތީގައި 03 ހަރު ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމަ މިމަސައްކަތައް ސައުގުވެރިވާ ފަރާތްތަކުން 24 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 މިކައުންސިލަށް ކޯޓޭޝަން ހުށަހެޅެވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

              މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 9606540043  ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން  ސާފުކޮށްދެވޭނެއެވެ.

                 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.     

                   20 އޮކްޓޯބަރ 2024

20 އޮކްޓޫބަރު 2024