ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
އުނގޫފާރު / ދިވެހިރާއްޖެ
ނަމްބަރ: IUL-303-EDMS/303/2024/83
އިއުލާން
ބަނދަރާއި ރަށުގެ މަގުތަކާއި ގޯޅިތަކުގައި ކައުންސިލްގެ ހުއްދަހޯދުމަކާއި ނުލާ ބަހައްޓާފައިވާ ތަކެތި ނެގުމާއި ގުޅޭ
ރަށުގެ އެކި ސަރަހައްދުތަކާއި، މަގުތަކާއި ގޯޅިތައް އަދި ބަނދަރުމަތީ ކައުންސިލްގެ ހުއްދައާ ނުލާ ބަހައްޓާފައިވާ ތަކެތި 2024 އޮކްޓޫބަރ 27 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ނެންގެވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ނިޔަލަށް ކައުންސިލްގެ ހުއްދަ ނެތި ބަހައްޓާފައި ހުރި ތަކެތި ކައުންސިލްގެ ބެލުމުގެ ދަށުންނަގާ ނައްތާލެވޭނެކަމުގައި އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.
ރަށުގެ ޒީނަތްތެރިކަމަށް ކައުންސިލުން އަންގާ މިފަދަ އެންގުންތަކަށް ރައްޔިތުން ދެއްވާ އެއްބާރުލުމަކީ ކަންކަން ރަގަޅުކޮށް ހަމަމަގަށް އެޅުމަށް ލިބިގެންދާނެ އިތުރު ހިތްވަރެއްކަމުގައި ދަންނަވަމެވެ.