ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2024/54
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:58
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސަރކިއުލަރ ނަންބަރު: 88-DMU/CIR/2024/33 އާއި ގުޅޭ

އދ.ފެންފުށީގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ އެންމެހާ ކަންތައްތައް ހަރުދަނާ ކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އަދި ސިނާއަތުގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކަށް އަމާން، ރައްކާތެރި ސިނާއަތެއް ޤާއިމްކޮށް ދިނުމަކީ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެކެވެ. މިގޮތުން ތިރީގައި މި ދެންނެވިފައިވާ ކަންކަމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކުންވެސް ސަމާލްކަންދެއްވުމަށް ދަންނަވަމެވެ.

ހ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސަސްގެ "މޫސުން" އެޕްލިކޭޝަން ޑައުންލޯޑުކޮށް، ނުވަތަ ޓްވިޓަރ އެކައުންޓް https://twitter.com/metmaldives ފޮލޯކޮށް، އެފަރާތުން ނެރެމުންދާ ސަމާލުތަކުގައި ވާގޮތަތުގެ މަތިން ޢަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް ބާރުއެޅުން.

ށ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސަސްއިން ސަމާލު ނެރެފައިވާ ވަގުތުތަކުގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ރާވާ ހިންގާ އެކްސްކާޝަންތައް މަޑުޖައްސާލުމަށް ނަސޭހަތްތެރިވުން.

ނ. މޫސުން ގޯސްވެ، ކަނޑު ގަދަވާ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް މެނުވީ ނުކުރުމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެންމެހާ ފަރާތްތަކަށް އަންގާ، މިކަމަށް ބާރުއެޅުން.

ރ. ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ އެންމެހާ ކަންތައްތައް އިސްކަންދި، އެފަދަ ކަންތައްތަކަށް ފަތުރުވެރިން އަހުލުވެރިކުރުވުމަށް ފަތުރުވެރިންނަށް ޚިދުމަތްދޭ އެންމެހާ ފަރާތްތަކަށް ބާރުއެޅުން.

ބ. މޫސުން ގޯސް ދުވަސްވަރު، މޫދު ކުޅިވަރުތަކުގައި ޝާމިލްވެ އުޅުން މަދުކޮށް ނުވަތަ ކުރުމުން ދުރުހެލިވުމަށް ފަތުރުވެރިންނަށް ނަސޭހަތްތެރިވުމަށް، ފަތުރުވެރިންނަށް ޚިދުމަތްދޭ އެންމެހާ ފަރާތްތަކަށް އަންގާ، ބާރުއެޅުން.

ޅ. މޫދު ކުޅިވަރަށް، ލައިފް ޖެކެޓް އަޅަންޖެހޭ މުދު ކުޅިވަރުތައް ލައިފް ޖެކެޓް އަޅައިގެން އެފަދަ ސަރަހައްދުގައި ހިންގުމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެންމެހާ ފަރާތްތަކަށް އަންގާ، ނަސޭހަތްތެރިވުން.

20 އޮކްޓޫބަރު 2024