ދިވެހިރާއްޖެ
ގާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
ކ.ގާފަރު ، ދިވެހިރާއްޖެ ނަމްބަރ:331/331/2024/91(IUL)
އިޢުލާން
ދަނޑުވެރިކަމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
ގާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޕްރައިމް މޯލްޑިވްސް ގުޅިގެން ދަނޑުވެރިކަމުގެ ޕްރޮގްރާމެއް 2024 އޮކްޓޯބަރ 31 އިން 2024 ނޮވެމްބަރ 02 ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުން 20 ޖާގަ ހަމަވަންދެން ކަމުގައި ދަންނަވަމެވެ. ވީމާ މިޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 2024 އޮކްޓޯބަރ 22 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ރިސެޕްޝަނުންނެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.